މިއަދުގެ ހުކުރު ނަމާދު ވަޤުތު ސަލްމާން މިސްކިތުން ފެން ނުލިބޭތީ ވުޟޫކުރަން ބައެއް މީހުން އެރުނީ އެދިމާލުން މޫދަށެވެ. އަނެއްބައަކު ނޫރު މިސްކިތަށްވެސް ދިއައެވެ.
ފެން ނުލިބޭކަން ނުއެނގިތިބެ ބައެއް މީހުންނަށް ފާޚާނާކުރެވުމުން ޠޯހިރުވާނެ ގޮތެއް ނެތިގެން ހުކުރުނުކޮށް ގެއަށްވެސް ދިއައެވެ.
ބައެއް މީހުން މިޙާލަތުން ސަލާމަތްވެ ފަރުޟު ނަމާދުތަކަށް ވުޟޫކޮށްލެވޭނެ ގޮތެއް ހައްދަވައި ދެއްވެވުން އެދި ދުޢާކުރިކަންވެސް ފާހަގަކުރެވެއެވެ.