ފަޤީރަކު ރޯދަވީއްލަން ދަރިފުޅަށް ގަނެދޭ 5 ހެދިކާއިން 1 ހެދިކާ ސަރުކާރުން އަންގައިގެން "މީދާ" ކާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ފަޤީރަކު ރޯދަވީއްލަން ދަރިފުޅަށް ގަނެދޭ 5 ހެދިކާއިން 1 ހެދިކާ ސަރުކާރުން އަންގައިގެން "މީދާ" ކާލައިފި!

އަޅުގަނޑަކީ ވަރަށް ނިކަމެތި ފަޤީރަކީމެވެ. 2 ދަރިން ރޯދަހިފައެވެ. ނަމަވެސް ގޭގައި ހެދިކާ ހަދާނެ ފައިސާ ނެތީމާ ކޮންމެ ދުވަހަކު 10 ރުފިޔާ ދީފައި ގަންނަނީ 5 ހެދިކާއެވެ.

ރަމަޟާން މަހުގެ ފަހު ދުވަހު 10 ރުފިޔާ ދިނީމާ ދިނީ 4 ހެދިކާއެވެ. ސުވާލުކުރީމާ ބޭރުމީހާ ޖަވާބްދިން ގޮތުން ހީވީ 1 ހެދިކާ ސަރުކާރުން އަންގައިގެން މީދާ ކާލީކަމަށް ބުނިހެންނެވެ. މީދާ ކާލައިފިނަމަ 2 ރުފިޔާ ދޭށޭ ބުނީމާ ދައްކައިލީ ކޮތަޅެވެ. 

ޒުވާބުކުރަން ހުންނާނެ ވަޤުތު ނެތުމުން ގެއަށް ގޮސް އަނބިމީހާ ގާތުގައި ކަންތައްވީގޮތް ކިޔައިދިނުމުން އަނބިމީހާ ބުންޏެވެ. "މިއީ ދެން ކިހައި ދެރަކަމެއް ހެއްޔެވެ؟ އެމީހާ އެބުނީ ހެދިކާ މީދާ ކައިލި ވާހަކައެއް ނޫނެވެ. ކޮންމެ ކޮތަޅަކަށް މީރާއަށް 2 ރުފިޔާ ދޭންޖެހޭތީ 1 ހެދިކާ މަދުވީ ކަމަށެވެ. ކޮތަޅު އެމީހުންނަށް ދީފަ 5 ހެދިކާ އަތަށް ލައިގެން އައިނަމަ ރަނގަޅުވީހެވެ." 

- މިއަދުނޫހުގެ ކިޔުންތެރިއަކު ދީފައިވާ މަޢްލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް

 

މިއަދު އޮންލައިން