ކެޔޮދޫ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ކެޔޮދޫ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހައްޔަރުކޮށްފި

ވ. ކޮޔޮދޫގައި މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނި މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ، ރޭގެ ވަގުތެއްގައިކަމަށެވެ.

ކޮޔޮދޫގައި މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލާފައި މިވަނި ހަމަ އެރަށުގައި ހުރި މިސްކިތެއްގައި ހުރި މުސްހަފްތަކެއްގެ ގަނޑުތައް ވީދާލި މައްސަލައެއް ފެންމަތިވެފައި ވެފައިވެއެވެ. އެހެންނަމަވެސް މިއީ ވަކި ދެ މައްސަލައެކެވެ. އެގޮތުން، މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާއިރު، މުސްހަފްތަކެއް ވީދާލި މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގުކުރަމުންނެވެ.

ރަށު ކައުންސިލްގެ ރައީސް، އަހްމަދު ސިރާޖާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މިފަދަ މައްސަލައެއް ފެންމަތިވި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެ ރަށު މިސްކިތުގައި ހުރި 10 ވަރަކަށް މުސްހަފުގެ ގަނޑުތައް ވީދާލާފައިވެއެވެ.

މިއަދު އޮންލައިން