33 އަހަރުގެ ޒުވާނަކު ނުވަދިހަ ދެފަހަރަށް ހައްޔަރުކޮށްފިއެވެ.
ތަކުރާރުކޮށް ކުށްކުރާ މިޒުވާނާ ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް 30 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިޒުވާނާ ހައްޔަރުކޮށް، ފުލުހުން ވަނީ ވައްކަން ކުރަނިކޮށް ފެންނަ ސީސީޓީވީ ފުޓޭޖް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. އެހެންކަމުން، ވައްކަން ކުރިކަމުގެ އެކަށީގެންވާ ހެކި ހުށަހަޅާފައިވާކަމަށް ބަލައި ބަންދަށް 30 ދުވަސް ދިނީ، އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ފެންނާތީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާން ނެރުއްވި އަމުރުގައިވެއެވެ.
އޭނާ އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައި އިއްޔެގެ ވަގުތެއްގައެވެ.