އޮޅިގެން ޓައިވާނަށް ސަފީރަކު ކަނޑައަޅަން މަޖިލީހަށް ފޮނުވުނު މައްސަލާގައި ދިވެހި ސަރުކާރުން ޗައިނާގެ ކިބައިން މައާފަށް އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
އޮޅިގެން ޓައިވާނަށް ސަފީރަކު ކަނޑައަޅަން މަޖިލީހަށް ފޮނުވުނު މައްސަލާގައި ދިވެހި ސަރުކާރުން ޗައިނާގެ ކިބައިން މައާފަށް އެދިއްޖެ!

އޮޅިގެން ޓައިވާނަށް ސަފީރަކު ކަނޑައަޅަން މަޖިލީހަށް ފޮނުވުނު މައްސަލާގައި ދިވެހި ސަރުކާރުން ޗައިނާގެ ކިބައިން މައާފަށް އެދިއްޖެއެވެ.\

މި މަހުގެ 17 ވަނަ ދުވަހު ރައީސް ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ، "ރިޕަބްލިކް އޮފް ޗައިނާއަށް" ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް ނިންމާފައިވާތީ އެކަމާމެދު މަޖިލީހުން މަޝްވަރާކޮށް ގޮތެއް ނިންމައިދިނުމަށް އެދިފައެވެ. ރިޕަބްލިކް އޮފް ޗައިނާއަކީ ޓައިވާނެވެ. ޗައިނާއިން ގެންގުޅޭ "ވަން ޗައިނާ ޕޮލިސީ" ގެ ދަށުން ރާއްޖެ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަންނަނީ "ޕީޕަލްސް ރިޕަލްބިލް އޮފް ޗައިނާ" އެވެ.

މިކަމާގުޅިގެން ދިވެހި ސަރުކާރުން އެކަމަށް މައާފަށް އެދެފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ވަނީ ވިދާޅުވެފައެވެ.

ޗައިނާ ސަފީރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މައްސަލައިގައި ކަން ހިނގި ގޮތް ދިވެހި ހާރިޖިއްޔާއިން ސާފުކޮށްދީ، މިކަން އެގޮތަށް ކުރެވިފައިވާތީ އެކަމަށް މައާފަށް އެދިފައިވާކަމަށެވެ. އަދި ޗައިނާއިން ވަކާލާތު ކުރަމުން އަންނަ ވަން ޗައިނާ-ޕްރިންސިޕަލް ރާއްޖެއިން ދިގު މުއްދަތަކަށް ހިފަހައްޓާނެކަމުގެ ޔަގީންކަން ދީފައިވާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން