މިއަދު އެކަނިވެސް ޖުމްހޫރީ ޕާޓީއަށް ތިންސަތޭކަ އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނީ 5 ދާއިރާއެއްގެ މެމްބަރުންނެވެ. އެއީ ގއ. ވިލިގިނލި ދާއިރާއިން 150 މެމްބަރުން، ލ.ގަމު ދާއިރާއިން 65 މެމްބަރުން، ރ. ދުވާފަރު ދާއިރާއިން 50 މެމްބަރުން އަދި އެ އަތޮޅު މަޑުއްވަރި ދާއިރާއިން 50 މެމްބަރުންގެ އިތުރުން އަލިފުށި ދާއިރާއިން 50 މެމްބަރުންނެވެ. މެމްބަރުންގެ ފޯމުތަކާ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާޙީމްއެވެ.
ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ.