ރާއްޖޭގެ ކުރިމަގު އުޖާލާކޮށް ރައްޔިތުންނަށް ހަމަޖެހުމާ ތަރައްޤި ގެނެސް، ދަރަނިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށްޓަކާ ވީހާ ގިނަ ބައަކު ޖުމްހޫރީ ޕާޓީއަށް ގުޅުމަށް ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް މިކަމަށް އެދިވަޑައިގަތީ ނުވަދާއިރާއަކުން މިއަދު ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅުނު 282 މެންބަރުންގެ ފޯމު ހަވަޅުކުރުމަށް ބޭޭއްވި ރަސްމިއްޔާތުގައެވެ.
މެމްބަރުންގެ ފޯމުތަކާ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް އެވެ. ޤާސިމް ވަނީ މިމަސައްކަތް ކޮށްދެއްވުމުގައި ބައިވެރިވެދެއްވި އެޑްވައިޒަރުންނަށާއި ކައުންސިލް މެންބަރުން ނަށް ހޫނުމަރުހަބާއެއް ދަންނަވާފައެވެ.
މީގެއިތުރުން ވެސް މިއަދު ވަނީ 365 މެމްބަރުން އަލަށް ޖުމްހޫރީ ޕާޓީ އާއި ގުޅިފައެވެ.
ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ.
AA, Thoddoo dhaairaa aai,
— Qasim Ibrahim (@qasimibrahim) May 20, 2023
Mathiveri Dhaairaa, HDh. Makunudhoo dhaairaa,
Galolhu uthuru Dhaairaa,
R. Dhuvaafaru Dhaairaa,
H.Alif, Dhidhoo dhaairaa,
Maafanu hulhangu Dhaairaa,
Sh. Kanditheem Dhaairaa aai, adhi R Ungoofaaru Dhaairaa himeyhen 282 membarun alah miadhu… pic.twitter.com/zVfMEoSyYs