ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަތޭކަ މިލިއަނަރުން އުފައްދާނަން: ޤާސިމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަތޭކަ މިލިއަނަރުން އުފައްދާނަން: ޤާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަތޭކަ މިލިއަނަރުން އުފައްދާނެކަމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ހާއްސަކޮށްގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުންގެންދަވާ ޤާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ﷲ އިރާދަކުރެއްވިއްޔާ ފަސް އަހަރުގެ ތެރޭގައި ސަތޭކަ މިލިއަނަރުން އުފައްދަވާނެ ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންގެ ހާސްކަން ފިލުވާލައި ހަމަޖެހުން ގެނެސްދެއްވާނެެ ކަމަށެވެ. އަދި ރާއްޖެ ދެކެފައި ނުވާ އިންގިލާބީ ބަދަލުތަކެއް ރާއްޖެއަށް ގެނެސްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ‏ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ފަސް އަހަރުގެ ތެރޭގައި ތިން ބިލިޔަން ރުފިޔާ ހޭދަކޮށް ޜާއްޖޭގެ އެކިހިސާބުގައި މަދުވެގެން 500 "ސްމޯލް ބިޒްނަސް ލީޑަރސް" އުފައްދާނެ ކަމަށް ވެސް ޤާސިމް ވައުދުވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން