"ދީނީ ދަރުސްތަކުގައި ދައްކަންވީ ވާހަކަ އާއި ނުދައްކަންވީ ވާހަކަ ކަނޑައެޅުމުގެ ޙައްޤު އިލެކްޝަންސް ކޮމިޝަނަށް ލިބިގެނެއް ނުވޭ! އެއްވެސް މުއައްސަސާ އަކުން އެބައިމީހުންގެ އިޚްތިޞާޞުން ބޭރުކަންތަކާއި ބެހިގެން ނުވާނެ. ދީނީ ދަރުސްތަކުގައި ބަހައްޓަންޖެހޭ ހަމަތަކާއި އުޞޫލުތައް ނިންމާނީ އިސްލާމިކް މިނިސްޓްރީން. އެއީ އިކެކޖްޝަންސް ކޮމިޝަނާ އާއި ކުޑަކޮށްވެސް ގުޅުމެއް ހުރި މައްސަލަ އެއް ނޫން.!"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން އެކޮމިޝަނުގެ އިޙްތިޞޯޞުން ބޭރުން މިހައި އަވަހަށް ނިންމުންތައް ނިންމައި ޢަމުރުތައް ނެރެން ފެށުމުން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން އެކޮމިޝަނުން ނިންމާނެ "އިންޞާފުވެރި؟" ގޮތަކާއިމެދު ރައްޔިތުން ސުވާލު އުފައްދަމުން ގެންދާ ވަޤުތެއްގައެވެ.
އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާ ބާރުގެ ބޭނުންކޮށް، އިޙްތިޞޯޞްގެ ބޭރުން، ނެރޭ އަމުރުތަކަށް ކިޔަމަން ނުވުމުގެ ޙައްޤު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިގެންވެއެވެ.