ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ގެ ސިކުނޑީގެ ފަރުވާއަށް ކުރައްވަން ޖެހިވަޑައިގެންފައިވާ އޮޕަރޭޝަން މާދަމާ ހެނދުނަށް ޑޮކްޓަރުންގެ ޓީމުން ތާވަލުކޮށްފިއެވެ. ތާވަލުކޮށްފައިވަނީ ހެނދުނު 7 ޖަހާއިރަށެވެ.
ޝައިޚް އާއި ޢާއިލާއިން އެންމެހައި ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވަނީ ޝައިޚަށްޓަކައި ހެޔޮދުޢާކޮށްދެއްވުމެވެ.
ޝައިޚްގެ އޮޕަރޭޝަން ނުކުރެވި ލަސްވަމުން މިއަންނަނީ ހިތްޕުޅުގެ އާލާސްކަންފުޅާއި އަދި އެހެންވެސް ބައެއް ސަބަބުތައް ހުރުމުންނެވެ. ހުރި މައްސަލަތައް ވީހައި ބޮޑަށް ޙައްލުކޮށްގެން އޮޕަރޭޝަން ކުރިއަށް ގެންދެވޭތޯ ޑޮކްޓަރުންގެ ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޝައިޚް ޢާއި ބައްދަލުވެ ވާހަކަ ދެއްކުނެވެ. ޝައިޚްގެ ބޭރުފުށުން ފެންނަ ޞިއްޙަތު ﷲ ތަޢާލާގެ އިރާދަފުޅުން އާދައިގެ ގޮތެކެވެ. ޝައިޚް މިރޭވެސް ވިދާޅުވީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ވަރުގަދަވާނެ ކަމަށެވެ.
(މިވާހަކަ ބަޔާން މިކުރީ މިއަދުނޫހުގެ ވަރަށް ގިނަ ކިޔުންތެރިން ޝައިޚްގެ ޙާލުކޮޅާއިމެދު ކަންބޮޑުވެ ސުވާލުތައްކުރަމުން ގެންދާތީއެވެ.)
ޝައިޚް މުޙައްމަދު އިބްރާހީމް އަކީ އިސްލާމް ދީނުގައި ކަންކަން އޮތް ގޮތް، ޚާއްޞަކޮށް ތައުޙީދު އެއިގެ އަޞްލާއި އެއްގޮތަށް ބަޔާން ކޮށްދެއްވުމުގައި ވަރަށް ޘާބިތުކަމާއިއެކު ދަރުސްދެއްވަމުން ގެންދަވާ، އެކަމުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ބޭކަލެއްކަން ފާހަގަކުރެވެއެވެ.
މާތް ﷲ ޝައިޚް އަށް ހެޔޮ ރަހްމަތް ލައްވަވާށި! އަވަސް ޝިފާއެއް މިންވަރުކުރައްވަވާށި! އާމީން