ޝައިޚް މުޙައްމަދު އިބްރާހީމްގެ އޮޕަރޭޝަނަށްފަހު މިހާރު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
ޢާއިލާއިން ބުނީ މާތް ﷲ ވާގިފުޅާއިއެކު އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވި ކަމަށެވެ.
ސިކުނޑީގެ ކޮންމެ އޮޕަރޭޝަނަކީވެސް އެތައް ބައިވަރު ރިސްކްތައް ހިމެނޭ ކަމެކެވެ. ޝައިޚަށް އަވަސް ޝިފާއެއް މިންވަރުކުރެއްވެވުން އެދި ދުޢާކުރައްވާށެވެ! ޝައިޚްގެ ސިކުނޑިފުޅަކީ ފުންމިން ނުއެނގޭ ކަނޑެއް ފަދަ ޢިލްމީ ޚަޡާނާއެކެވެ. ކެނޑިނޭޅި ރައްޔިތުން ނަށް އައީ އެ ޚަޒާނާއިން މުތީތައް ލިބެމުންނެވެ. އެޚަޒާނާ ފުރިހަމަ ގޮތުގައި ރައްކައުތެރިކޮށް ދެއްވެވުން އެދިގެންވެސް ދުޢާކުރައްވާށެވެ!
ދުޢާއަކީ ޝައިޚަށް ފުރިހަމަ ޞިއްޙަތެއްލިބި ޝައިޚްގެ ޚިދުމަތް އަބަދުމެ ލިބެމުންދިއުމެވެ. ތައުހީދުގެ ފިލާވަޅުތައް ލިބިލިބި ހުރުމެވެ. އާމީން