މަތީ ތަޢްލީމް ޙާޞިލްކުރާ އަންހެނުން ގިނަވެ ފިރިހެނުން ބޮޑުތަނުން މަދުވުމަކީ ވަރަށް ގިނަ ސުވާލުތައް އުފެދޭކަމެއް!؛ ޑރ. އާމާލް ޢަލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަތީ ތަޢްލީމް ޙާޞިލްކުރާ އަންހެނުން ގިނަވެ ފިރިހެނުން ބޮޑުތަނުން މަދުވުމަކީ ވަރަށް ގިނަ ސުވާލުތައް އުފެދޭކަމެއް!؛ ޑރ. އާމާލް ޢަލީ

އަންހެނުންނަކީ ހަށިގަނޑުން ކުރަންޖެހޭ ބުރަ މަސައްކަތްތައް ކުރުމުގައި ޟަޢީފް ބައެއް ނަމަވެސް އެނޫން މަސައްކަތްތަކުގައި އަންހެނުން މިއަދު ވަނީ ފިރިހެނުންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްފައެވެ. 

21 ވަނަ ޤަރުނުގެ މަސައްކަތްތެރިކަމަށް ބަލައިފިނަމަ މިއީ ކޮމްޕިޔުޓަރުގެ ޒަމާނެވެ. ވީމާ ކުރަންޖެހޭ މަސައްކަތްކުރުމުގައި ބޭނުންވަނީ ތޫނުފިލި، ހުޅުވާލެވިފައިވާ ސިކުނޑިއެކެވެ. ސިކުނޑިން މަސައްކަތްކުރުމުގައި އަންހެނުން ވަނީ ފިރިހެނުންނާއި އެއްހަމައިގައެވެ. ވީމާ ވަޒީފާއަކަށް ކުރިމަތިލުމުން މިއަދު އަންހެން ފިރިހެން ބަލާކަށްވެސް ނުޖެހެއެވެ. ފުރުޞަތުތައް ހަމަހަމަވާން އެބަޖެހެއެވެ. 

ޔުނިވަރސިޓީތަކުން ކިޔަވާ ދަރިވަރުންގެ ޢާބާދީއަށްބަލާއިރު 80 އިން ސައްތައަކީ އަންހެނުންނެވެ. އެހެންކަމަށްވާއިރު އޯލެވެލް، އޭލެވެލް ނިންމި ފިރިހެނުންދާތަނެއް (ކުރާކަމެއް) މިއަދު މިވަނީ ބަލަން ޖެހިފައެވެ. މަތީ ތަޢްލީމް ޙާޞިލްކުރާ އަންހެނުންގެ ޢަދަދު މިހައިގިނަވަމުން އަންނައިރު ވަޒީފާ އަދާކުރާ އާބާދީގައިވެސް އަންހެނުންގެ ޢަދަދު ޑާނީ އިތުރުވަމުންނެވެ. މުޖުތަމަޢު އާރޯކަމާއިއެކު ކުރިއަރައިދާނީ ދެބައިމީހުންވެސް މަސައްކަތްކޮށްގެންނެވެ. 

އަންހެނުންނަށް ލިބިދޭންޖެހޭ ޙައްޤުތަކަށްބަލާއިރު މިއަދުވެސް އޮފީސްތަކުގައި އަނހެނުންނަށް ޚާއްޞަ ފާނާއެއް ނުހުރެއެވެ. ފިރިހެނުންނަށް ކިތަންމު ކުޑަކުޑަ ތަނެއްގައިވެސް ފާޚާނާ ކުރެވިދާނެއެވެ. ނަމަވެސް އަންހެނުންނަށް، ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް އެހައި ކުދިކުދި ތަންތަނަށް އޮންނަނީ ވަންނަންވެސް އުނދަގޫވެފައެވެ. މިހިރީ އިޞްލާޙްކުރަންވެފައި ހުރި ކަންކަމެވެ. 

- ޑރ. އާމާލް ޢަލީގެ ވާހަކަފުޅަކުން

 

މިއަދު އޮންލައިން