ސްރީލަންކާގެ ކުރީގެ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގިނަ ބައަކު އެއް ވަޅުގަނޑެއްގައި ވަޅުލުމުގެ މައްސަލަތަކެއް ފޮރުވަން ފުލުހުންގެ ރެކޯޑްތަކެއް ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުތައް ހިމެނެއެވެ.
ރާއްޖެއަކީ ގިނަ ޢަދަދެއްގެ މީހުން އެއްފަހަރާ މަރާ ޤައުމުތަކެއް ނޫނެވެ. ރާއްޖޭގެ މިއަދުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން މިހާރުވެސް ކުރަމުން ގެންދާ ތުހުމަތުތަކުގެ ތެރޭގައި މާލިއްޔަތުގެ ޤާނޫނަށް ބަދަލުގެނެސްގެންނާއި ނުގެނެސް ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ހިންގިކަމުގެ ތުހުމަތު ހިމެނެއެވެ.
ރައްޔިތުންގެ ގިނަ ބައަކު ކުރާ ތުހުމަތުތަކުގެ ތެރޭގައި ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތުދިނުމަށާއި ޝިރުކުފަތުރަން ސަރުކާރުން ކުރާ ކަންތައްތަކާއި ސަރުކާރުގެ އިސްމަޤާމުތަކަށް އެމްޑީއެންގެ ބޮޑުން އިސްކޮށްގެން އިސްލާމް ދީނަށް ދެމުން އަންނަ ބޮޑެތި ގެއްލުންތައް ހިމެނެއެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި އިސްލާމް ދީނާއި ދެކޮޅު އެތައްކަމެއް ޢާންމުކުރަމުން އައުން ހިމެނެއެވެ. އެފަދަ އެއް ކަމެއްގެ ހެކިތައްވެސް ދަނީ ދައްކަމުންނެވެ.
މިއަދު މިކަންކަން ބަލައި ފިޔަވަޅު އެޅޭނެ ގޮތެއް ނެތް ނަމަވެސް މި ކަންކަން ބަލައި ފިޔަވަޅު އެޅޭނެ ދުވަހެއްވެސް އަންނާނެކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށްވެސް ގިނަ ބައަކު އަންނަނީ ބުނަމުންނެވެ.
"ކުދި ދައްޖާލުންގެ ޒަމާން މިވަނީ ބައްދަލުކޮށްފަ! ކުރާ ކައްކައިދޭ އެންމެންނަށްވެސް ފިޔަވަޅު އެޅޭނެ ދުވަހެއް ލަހެއް ނުވެ ފެންނާނެ" ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.
ޝްރީ ލަންކާގެ ކުރީގެ ރައީސަށް ކުރެވޭ ތުހުމަތުތަކާއި ގުޅުންހުރި ލިޔުމެއް (އަލްޖަޒީރާއިން):