މިއަހަރުގެ ޢީދުޚުޠުބާއިން މަދުކޮށްލި ބައިން ބޮޑުބައެއް ޑރ. އިޔާޟް ފުރިހަމަކޮށްދެއްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މިއަހަރުގެ ޢީދުޚުޠުބާއިން މަދުކޮށްލި ބައިން ބޮޑުބައެއް ޑރ. އިޔާޟް ފުރިހަމަކޮށްދެއްވައިފި!

މިއަހަރުގެ ޢީދުޚުޠުބާއިން މަދުކޮށްލިބައިން ބޮޑުބައެއް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ފުރިހަމަކޮށްދެއްވައިފިއެވެ. 

"އުފާފާޅުކުރުމުގެ ކަންތައް ކުރިޔަށް ގެންދަންވާނީ އިސްލާމީ ޙުދޫދުގެ ތެރޭގައެވެ. ބޮޑެތިވަމުން އަންނަ ކުދިންނަށް މިފަދަ ހުތުރު މަންޡަރުތައް ފެނުމުން، އެކުދިންގެ ތަރްބިއްޔަތަށް ނޭދެވޭ އަޘަރުތަކެއް ފޯރުން ގާތެވެ. ބަޔަކުމީހުންގެ ވަގުތީ ލައްޛަތަކަށްޓަކައި ޤައުމުގެ މުސްތަޤްބަލު ފުނޑާލަން ޖާގަ ދެވިގެން ނުވާނއެވެ."

_ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މާތް ﷲ މީސްތަކުންގެ ތެރެއިން ބައަކަށް ވެރިކަން ޙަވާލުކުރައްވަވަނީ މަސްއޫލިއްޔަތުތަކަކާއިވެސް އެކުގައެވެ. ހަމައެކަނި އެމީހުންގެ ޖީބުތައް ފުރައި އަރާމާއި ތަނަވަސްކަމުގައި ދުނިޔޭގައި އުޅޭކަށް ނޫނެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ މުންކަރާތްތަކުން ރައްޔިތުން ސަލާމަތްކުރުވުމެވެ. އަންނަން ޖީލަށް އިސްލާމް ދީނުގެ މަގުން ތަރުބިއްޔަތު ދިނުމެވެ. 

އެކަންކަން ނުކުރާ ސަރުކާރަކަށް އެއީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ވެރިކަންކުރާ ސަރުކާރެކޭ ނުބުނެވޭނެއެވެ. އެހެންކަމުން ﷲ ތަޢާލާއަށް ބިރުވެތިވާ ރައްޔިތުންނަށް މިއަދު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ މިއަދުގެ ޙާލަތުން ދިވެހި ޤައުމު ސަލާމަތްކުރަން ޢަމަލީ ގޮތުން މަސައްކަތްކުރުމުގެ މަސްއޫލިއްޔަތެވެ. އެކަން ނުކުރާނަމަ އެމީހަކު ވާނީ ޝައިޠޯނާއަށް ވާގިވެރިވާ މީހަކަށެވެ. މިކަމުގައި ޢިލްމުވެރިންނެއް، ދާޚިލީ ވަޒީރެއް އިސްލާމީ ވަޒީރެއް އަދި އެހެން މީހަކުވެސް އިސްތިސްނާއެއް ނުވެއެވެ. 

މިއަދު އޮންލައިން