މާލޭގެ މަގުމަތިން އެކްސިޑެންޓްވެ ވަރަށް ސީރިއަސް ޙާލުގައި އޮތް އެމްއެންޔޫގެ ލެކްޗަރަރ ޢަލީ ޙާފިޡް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން އެމްބިޔުލާންސެއް ގެންނަން ކުރަން ޖެހުނު ބޮޑު ޚަރަދު ކުރާނެ ފައިސާ ލިބި އެއާރ އެމްބިޔުލާންސް ގެނައުމުގެ އަގު މިއަދު ހެނދުނު ވަނީ ދައްކައިފައެވެ.
ފައިސާ ހަމަކުރުމުގައި އެމްއެންޔޫގެ މުވައްޒިފުންނާއި ދަރިވަރުންވެސް ވަނީ ވަރަށް ދީލަތި ކަމާއެކު އެހީތެރިވެފައެވެ. އަދި ޢާއިލާއާއި ޢާންމުންވެސް ވަނީ ވަރަށް ދީލަތިކަމާއިއެކު އެހީތެރިވެފައެވެ. ޚަރަދުން މިންވަރެއް އެންސްޕާއިންވެސް ދިނެވެ.
މިހާރު ހަމަޖެހިފައިވާ ގޮތަށް ކަންކަން ހިނގަމުންދާނަމަ ޢަލީ ޙާފިޡް ރާއްޖެއިން ފުރަން ހަމަޖެހިފައިވަނީ މެންދުރުފަހުގެ 3 ޖަހާއިރުއެވެ.
ޢަލީ ޙާފިޡް ވަނީ ދިގު މުއްދަތެއްގައި އެމްއެންޔޫއަށް ޚިދުމަތްކުރައްވައިފައެވެ.
ވަރަށް ސީރިޔަސް ޙާލުގައި މިހާރުވެސް އޮތް ޢަލީ ޙާފިޡަށް އަވަސް ޝިފާއެއް ދެއްވެވުން އެދި ދުޢާކުރަމެވެ. ޢާމީން