ޖަވާބުދޭ އެކަކަށް 4 ފުޅި ހުވަނދުލިބޭނެ!: ރީތިވުމާ ލޯބިވުމުގެ ތަފާތު- ކިޔާލާފަ އެއްބަސްކަން ނުވަތަ ނޫންކަން ބުނެލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޖަވާބުދޭ އެކަކަށް 4 ފުޅި ހުވަނދުލިބޭނެ!: ރީތިވުމާ ލޯބިވުމުގެ ތަފާތު- ކިޔާލާފަ އެއްބަސްކަން ނުވަތަ ނޫންކަން ބުނެލަބަލަ!

ރީތިވުމާ ލޯބިވުމުގެ ތަފާތު ގިނަބައަކަށް ނުވިސްނެއެވެ. އެހެންވެ އަހުރެން މިކިޔައިދެނީއެވެ. 

ގަހެއްގައި ފޮޅިފައި އިން މަލެކެވެ. ތިބާއަށް ރީތިވީއެވެ. ވިސްނައިލުމެއްވެސް ނެތި ބިނދެލާނެއެވެ. ހިތްހަމަޖައްސަން ބޭނުންވެސްކޮށްލާނެއެވެ. ހެދުމުގައި ޖަހައިވެސްފާނެއެވެ. ފެންތަށްޓަކަށްވެސް ލައިފާނެއެވެ. ފެންތަށްޓަކަށްލީ ނަމަވެސް 2،3 ދުވަސްތެރޭ މިލައި މޯޅިވެގެން ހިނގައިދާނެއެވެ. އެއިރުން އެއްލާލަންވީއެވެ. 

ދެން އޮތީ އެ މައު ދެކެ ލޯބިވުމެވެ! ލޯބިވެއްޖެނަމަ ނުބިންނާނެއެވެ. ގަހުގައި ބައިންދައިގެން ގަހަސް ފެންދީ ހައްދާނީއެވެ. އެއީ ވީހާ ގިނަ ދުވަހަކު އެރީތިކަންމަތީގައި ބެއިންދުމުގެ ބޭނުމުގައެވެ. 

މީހުން ރީތިވުމާއި މީހުން ދެކެ ލޯބިވުމުގައިވެސް އޮތީ ހަމަ މިމަގެވެ. މިގޮތެވެ. ރީތިވެއްޖަނަމަ ބޭނުންކޮށްލާފައި ހިތްފުރާލެވުމުން އެއްލައިލާނީއެވެ. ނަމަވެސް ލޯބިވެއްޖެނަމަ ކައިވެނިކުރާނެއެވެ. ޒަވާޖީ ޙަޔާތް އުފާވެރިކުރަން މަސައްކަތްކުރާނެއެވެ. ބަލިވެއްޖެނަމަ އަޅައިލާނެއެވެ. ލޯބިދޭނެއެވެ. ޢުމުރު ދުވަހު ދެމީހުން އެކުގައި އުފަލުގައި އުޅެން މަސައްކަތްކުރާނެއެވެ.

ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯ؟ 

- އަލަފް 

(އިނާމު ލިބޭނީ ލިޔުން ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގަ ޖަވާބުދޭ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށެވެ!)

މިއަދު އޮންލައިން