ޑރ. އަނާރާ ނަޢީމް އިނގިރޭސިބަހުން ލިޔުއްވި "އޯވަރތިންކިންގ އެންޑް އިޓްސް ކިޔޯ" ބައިނަލްއަޤްވާމީ ފެންވަރުގަ ލޯންޗްކޮށް އެމޭޒަން އިން ވިއްކަން ފަށައިފިއެވެ.
ފޮތް ލޯންޗްކުރީ ޔުނިވަރސިޓީ އޮފް އޮސްޓްރޭލިޔާގަ ބޭއްވި ރަސްމިއްޔާތެއްގައި، އޮސްޓްރޭލިޔާގެ ފެޑެރޭޝަން އޮފް އިސްލާމިކް ކައުންސިލްގެ ރައީސް ޑރ. ރަތީބް ޖުނައިދު އެވެ. ފޮތެއްގެ އަގަކީ 11.95 ޑޮލަރެވެ. (އެގާރަ ޑޮލަރު/ ނުވަދިހަ ފަސް ސެންޓް)
ޑރ. އަނާރާ ވިދާޅުވީ ދިވެހި ބަހުން ލިޔުއްވާފައިވާ "ފިކުރު ބޮޑުވުމާ އެކަމުގެ ޙައްލު" މި ފޮތަށްވެސް ބޮޑު ތަރުޙީބެއް ލިބުނު ކަމަށާއި އިނގިރޭސިބަހުން ވެސް ލިޔުއްވަން ބޭނުންފުޅުވީ އެ ސަބަބަށްޓަކައި ކަމަށެވެ.

"މިއީ އެންމެންނަށްވެސް ވަރަށް މުހިންމު ފޮތެއް. އެންމެންގެ ހިތްތަކާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ މައުޟޫއެއް މިއީ. އެކަމަށް ޙައްލު ހޯދޭނެ ގޮތްތަކުގެ އިތުރުން މައުޟޫޢާ ގުޅޭ ވަރަށް ރީތި ވާހަކައެއްވެސް ފޮތުގައިވާނެ. ރާއްޖެއިން މިފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން 7284910 އަސް ގުޅީމަ ގަންނަން ލިބޭނެ."
ޑރ. އަނާރާ ނަޢީމްގެ ޚާއްޞަ ބަސްފުޅެއް (މިއަދުނޫހަށް):
މިއަދުނޫހަށްވެސް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ޑރ. އަނާރާ ނަޢީމް އަށް އިތުރު ކާމިޔާބީއަށް އެދެމުއެވެ.