އަމީން އިބްރާހީމް ޑޮކްޓަރޭޓް ޑިގްރީ ހާސިލް ކުރައްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 46ސ
އަމީން އިބްރާހީމް ޑޮކްޓަރޭޓް ޑިގްރީ ހާސިލް ކުރައްވައިފި

ކުރީގެ ޓްރާސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ނައިބު ލީޑަރު އަމީން އިބްރާހީމް ޑޮކްޓަރޭޓް ޑިގްރީ ހާސިލް ކުރައްވައިފިއެވެ.

ޔުނިވަރސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް އިން އަމީން އިބްރާހީމް ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

އަމީން އިބްރާހިމް ޕީއެޗްޑީގެ ތީސިސް ލިޔެފައިވަނީ ރާއްޖޭގެ ރިޒޯޓްތައް ފައިދާ ހުރިގޮތުގައި ހިންގުމަށާއި ރިޒޯޓު މުވައްޒަފުންގެ އިންޓްރާޕްރެނިއަރޝިޕް ހުނަރު ތަރައްގީކުރުމަށް އެންމެ އިފެކްޓިވް ލީޑަރޝިޕް ސްޓައިލަކީ ކޮބާތޯ މަޢުޟޫއަށެވެ.

ޑރ. އަމީން ކުރިން ވަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން މެނޭޖްމަންޓް ރޮނގުން މާސްޓާޒް ހާސިލް ކުރައްވާފައެވެ. އަދި އޮސްޓްރޭލިއާ އިންވެސް ވަނީ ހަމަ އެ ރޮނގުން ކިޔަވާ ވިދާޅުވެފައެވެ.

މިއަދު އޮންލައިން