ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެވިއްޖެނަމަ، ވަޒީފާ އަދާކުރަން ކެރޭ ހުރިހާ ޒުވާނުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، މާލޭ ދާއިރާގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި 35-18 ހަރަކާތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

ޤާސިމް ވިދާޅުވީ "ވަޒީފާއަކަށްދާއިރު، އެކުއްޖެއްގެ ސްކިލްހުރި ގޮތަކުން، އެކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުން އެކުއްޖަކަށް ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުން އޮންނާނީ. އެހެންނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެއޭ. ދެން ތައުލީމީ ގޮތުން ރަނގަޅު ގާބިލް ކުއްޖަކަށް ހެދުމަށްޓަކައި، ހުރިހާ ކުދިންނަށްވެސް، ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާގޮތަށް، އިރާދަކުރެއްވިއްޔާ ރާއްޖޭންނާއި، ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއްވެސް ތަނަވަސްކޮށްދޭނަން އަލުގނަޑުމެންގެ ސަރުކާރެއްގައި. އެއީ އަޅުގަނޑުމެން ވަރަށް އަހަންމިއްޔަތުކަން ދޭނެކަމެއް" ކަމަށެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހަށްދެއްގައި އޭގެތެރޭގައި މާލެވެސް ހިމެނިގެންދާގޮތަށް ހުރިހާ ބަލިބައްޔަށް ބޭސްފަރުވާކުރެވޭނެ ނިޒާމު ހަމަޖެއްސުމަށްޓަކައި މި ދެންނެވި ތިން ދިމާލުގައި ވާންޖެހޭ ތައްޔާރީތައް ވުމަށް އެންމެ ގިނަވެގެންވެސް އަޅުގަނޑުމެންގެ ވެރިކަމުގެ ތިންވަނަ އަހަރު ފެށިގެންދާއިރު، ނުވަތަ ދެވަނަ އަހަރު ފެށިގެންދާއިރު، އެވަސީލަތްތައް ގާއިމްކޮށް، ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން އިރާދަކުރެއްވިއްޔާ ސަލާމަތްކުރާނަން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްތަކައި ބިންތަކަށް ދައުލަތަށް ފައިސާ ދައްކަންޖެހޭނަމަ އެ ހުރިހާ ފައިސާއެއް މާފުކޮށްދެއްވާނެކަމަށެވެ.
ޖޭޕީން ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެއްވިއްޖެނަމަ، އަޅުގަނޑުމެންގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަންކެރޭ ހުރިހާ ބޭފުޅުންނަށްވެސް، ވަޒީފާ އަދާކުރުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ސްކިލްހުރި… pic.twitter.com/6bVQnyQeFh
— JP Secretariat (@JPSecretariat) July 20, 2023