ޖުމްހޫރީ ޕާޓީން ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް މާލޭގައި ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ޖުމްހޫރީ ޕާޓީން ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް މާލޭގައި ފަށައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރިއަށްގެންދާ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް އެޕާޓީން މިއަދު މާލޭގައި ފަށައިފިއެވެ.

މިހަރަކާތް މާލޭގައި ފަށާފައިވަނީ މާފަންނުގައި ހުންނަ ޖޭޕީގެ މައި ޖަގަހަ ކުނޫޒުގައި އެކަމަށްޓަކައި ބޭއްވި ހަފުލާއަކަށް ފަހުގައެވެ. މިހަފުލާގައި ވާހަކަދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވީ، މާލޭގައި މިހަރަކާތް ފެށުމުގެ ކުރިން އަތޮޅުތެރޭގެ އެކިކަންކޮޅުތަކުގައި ޖޭޕީގެ ވޮލެންޓިއަރުން ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕެއިން ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ސައުދު ވިދާޅުވީ އޭނާއާ ބައްދަލުވި ގިނަ މީހުން އިއްތިފާގުވާ އެއްކަމެއް އެބައޮތް ކަމަށެވެ. އެއީ އެއިން ކޮންމެ މީހަކުވެސް ބޭނުންވަނީ މިހާރު މިއޮތް ސަރުކާރު ބަދަލުކުރަން ކަމަށެވެ. އެނޫން ގޮތަކަށް މިހާރު މިއޮތް ހާސްކަން ފިލަން ނެތްކަމަށް ސައުދު ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ކަންކަން ހަމަނުޖެހި ހުރިކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ، އެކަންކަން ހަމަޖެހޭނީ އޮނަރަބަލް ޤާސިމް އިބްރާހީމް އިންތިޚާބުކޮށްގެން ކަމަށެވެ.

މިހަފުލާގައި ޖޭޕީއަށް ނިސްބަވެވަޑައިގަންނަވާ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައިވެެރިވެވަޑައިގަތެވެ.

މިއަދު އޮންލައިން