ޚުޠުބާ ދޮގުތައް ވަޒީރު ދިފާޢުކުރެއްވުމުން ޝައިޚް އާދަމް ނިޝާންގެ ކަންބޮޑުވުމާ ސުވާލުތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޚުޠުބާ ދޮގުތައް ވަޒީރު ދިފާޢުކުރެއްވުމުން ޝައިޚް އާދަމް ނިޝާންގެ ކަންބޮޑުވުމާ ސުވާލުތަކެއް!

މިއީ ރަނގަޅަށް ޝަރުޢީ ޢިލްމު އުނގެނިގެން ހުރި ބޭފުޅަކު، ޚާއްޞަކޮށް ޕީއެޗްޑީ ހައްދަވާފައި ހުރި ބޭފުޅަކު، ބުނެގެންވާނޭ އަދި ބުނާނޭ ބަހެއް ނޫނެވެ.

ދީނީ ޢިލްމު ރަނގަޅަށް އުނގެނިފައިވާ މީހަކަށް، ތަފްސީރު، ޙަދީޘް، ފިޤުހު، ސީރާ، ތާރީޚް އަދި މިނޫންވެސް ފޮތްފޮތުގައި ޞައްޙަނޫން، މައުޟޫޢު އަދި މުންކަރު އެތައް ރިވާޔަތްތަކެއް ނަޤުލުކުރެވިފައިވާކަން އެނގޭނެއެވެ.  އަދި މިހާރު ޗާޕުކުރެވިފައި ހުރި ހުރިހާ ފޮތްތަކަކީވެސް ގާތްގަނޑަކަށް، ތަޙްޤީޤުކުރެވި ޙަދީޘްތަކާއި އަދި އެނޫންވެސް ރިވާޔަތްތަކުގެ ޞައްޙަ ނުޞައްޙަކަން ބަޔާންކުރެވިފައިވާ ފޮތްތަކެއް ކަމަށް ވީހިނދު، މިފަދައިން ބުނާ ޢިލްމުވެރިންގެ، ޢިލްމީ ފެންވަރާއިމެދު ސުވާލުއުފެދެއެވެ. 

އަދި މިމައްސަލަ ބޮޑުކަމަކަށް ވެފައި އޮތްއިރު، އެންމެ ކުޑަމިނުން ކޮން ތަފްސީރު ފޮތަކުން ނަޤްލުކުރެވިފައިވާ ވާހަކައެއްކަން ހިއްސާކޮށްލެއްވި ނަމަވެސް އެންމެ ރަނގަޅުވީސް ނޫންތޯއެވެ؟

- ޝައިޚް އާދަމް ނިޝާން ޢަލީ

މިދިއަ ހުކުރު ދުވަހުގެ ޚުޠުބާގައި ކިޔާފައިވާ ދޮގުވާހަކަތަކާއި ގުޅިގެން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ޟަޢީފް ޙަދީޘްވެސް ނޫންކަމަށާއި ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. 

"ޟަޢީފް ހަދީޘް ގެ ދަރަޖައިގެ ވާހަކަތަކެއްވެސް ނޫން އެއީ. ޟަޢީފް ޙަދީޘް ކަމަށް ޢިލްމުވެރިން ކަނޑައަޅުއްވާ ޙަދީޘްފުޅުތައް އެގޮތަށް ކަނޑައަޅުއްވަނީ ރިވާކުރެއްވި ބޭކަލުންގެ ޗޭނުގެ މައްސަލަ ފަދަ ބައެއް މައްސަލަތައް ހުރުމުން. ޞައްޙަކަމަށް ބެއްލެވެން ނެތިގެން. އެއިގެ ތެރޭގައި ހަމަ ޞައްޙަ ޙަދީޘްވެސް ހުރެދާނެ. އެކަމަކު ޢިލްމުވެރިން ޟަޢީފް ކަމަށް ކަނޑައެޅުއްވީމާ ބަލަންޖެހޭނީ އެއީ ޟަޢީފް ޙަދީޘަކަށް. އެކަމަކު މިވާހަކަ ތަކަކީ ކަނޑައެޅިގެން ހަދާފައި ހުރި ދޮގުތަކެއް. ވީމާ ޢިލްމުވެރިންނާ ތަފްސީރުފޮތްތަކާ ޙަވާލާދީ ގެންނަނަމަ އެއީ ދޮގުވާހަކަކަން ބަޔާށންކުރަންޖެހޭނެ." ކަމަށް މިއަދުނޫހަށް މަޢުލޫމާތު ދެއްވި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. 

ޚުޠުބާގައި އެވާހަކަތައް ގެނެސްފައިވަނީ އަޑުއަހާ އާންމުންނަށް އެއީ ތެދުކަން ދޭހަވާފަދަގޮތަކަށް ކަންވެސް އެބޭފުޅުންވަނީ ފާހަގަކުރައްވައިފައެވެ. ކަންދިމާވިގޮތުން ނަމަވެސް އެ ޚުޠުބާގެ ޕްރޫފް އެއްވެސް ޢިލްމްވެރިއަކު ބެއްލެވިކަން މިހައިތަނަށް އަދި އެނގިފައެއް ނުވެއެވެ. 

ބޭރުގެ ބޮޑެތި ޢިލްމުވެރިންގެ ޚުޠުބާތަކުގަ އާއި ދަރުސްތަކުގައި މިފަދަ ވާހަކައެއް ވިދާޅުވާނަމަ އެއީ ޟަޢީފް ހަދީޘެއްކަން، ދޮގުވާހަކައެއްކަން ވަރަށް ސާފުކޮށް ބަޔާންކުރައްވާކަން ފާހަގަކުރެވެއެވެ. އަދި އެފަދަ ވާހަކަތައް ވިދާޅުވެފައި ހުންނަނީ އެއީ ދޮގުކަން ބަޔާންކޮށްދެއްވައި އެވާހަކަތައް ތެދުކޮށް، ޤަބޫލުނުކުރަން ބާރުއެޅުއްވުމުގެ ގޮތުންނެވެ. 

މިއަދު އޮންލައިން