ޢިލްމުވެރިންގެ ކަންބޮޑުވުމުން މިހާރުވެސް މިއެނގެނީ ދެވަނަ ދައުރަކަށް ހޮވައިފިނަމަ ރާއްޖޭގެ މުސްލިމުންނަށް ފަތަންޖެހޭނީ އަލިފާނުގެ ކަނޑުގަކަން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޢިލްމުވެރިންގެ ކަންބޮޑުވުމުން މިހާރުވެސް މިއެނގެނީ ދެވަނަ ދައުރަކަށް ހޮވައިފިނަމަ ރާއްޖޭގެ މުސްލިމުންނަށް ފަތަންޖެހޭނީ އަލިފާނުގެ ކަނޑުގަކަން ނޫންތޯ؟

"އެޑިޔުކޭޝަންގެ އާއުޞޫލާއި ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއްމުހިންމު! މިގޮތުންއެއުޞޫލު އިތުރަން ތަފްޞީލު ކޮށްލައިދިނުމަކީ މުހިންމު ކަމެއްކަމުގައިދެކެން! އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާކުރެވޭނެ ކަމަކަށް!"

- ޝައިޚް ޢަލީ ޒައިދު

ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:

"ޝަރްޢީ އަދި ޤާނޫނީ ގޮތުން މާނައެއް ނުކުރެވޭނެ." ކަމަށެވެ. އަދިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 

"އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރްޢީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ޙައްޤެކެވެ. އެހެންކަމުން، ބަޔަކު މީހުން ހަދާ ޤަވާޢިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނައެއް ނުކުރެވޭނެއެވެ. މަނާކުރާމީހާ އެކުރަނީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކުށެކެވެ." 

މިބާވަތުގެ ބައެއް ކަންކަމުގައި ޝައިޚުންނާއި ރައްޔިތުން "ކެކިއަރަންފެށީމާ" ބަދަލުތަކެއް ގެނެއެވެ. ނަމަވެސް ގެސްޓް ހައުސްތަކުގައި ތިބޭ މީހުން ދެފޮތިކޮޅުގައި ރަށުތެރޭގައާއި ރައްޔިތުން މޫދަށް އެރި އުޅޭތަންތަނަށް މޫދަށް އެރޭތީ ކަންބޮޑުވުން ފައުޅުކުރީމާ ގެނައި ބަދަލަކީ ކޮންމެ ގެއަކަށް ދެފޮތިކޮޅު ވެއްދުމަށް މަގުފަހިކުރުމެވެ.

ހަމައެއާއިއެކު ޤުރްއާނާއި ރާއްޖޭގެ ޤާނޫނު އަސާސީން ބަރަހަނާ ފޮޓޯނެގުމާއި ފެތުރުން މަނާކޮށްފައިވަނިކޮށް އެކަންކަން ދައުލަތުގެ ބަންޑާރަ ނައިގުގެ އޮފީހުން ހުއްދަކުރިކަން އެއީވެސް މިކަންކަން މިސަރުކާރުން ކުރާނެ ކަމުގެ ހެއްކެކެވެ.  

ޢިލްމުވެރިންގެ ކަންބޮޑުވުމުން އެނެގެނީ ދެވަނަ ދައުރަށް ވޯޓުވެސް ނުލަނީސް މިފެންނަނީ ހޮވިއްޖެނަމަ ފަތަންޖެހޭނީ އަލިފާނުގެ ކަނޑުގަކަން ނޫންތޯ؟ ސުވާލުކުރަންޖެހެނީ މިފަދަ ކަންކަން ލޮލަށް ފެންނާތީއެވެ. 

މިއަދު އޮންލައިން