މެޑިކާ ހޮސްޕިޓަލުގައި ނޭޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ޚިދުމަތް ދޭން ފަޝައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
މެޑިކާ ހޮސްޕިޓަލުގައި ނޭޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ޚިދުމަތް ދޭން ފަޝައިފި

މެޑިކާ ހޮސްޕިޓަލުގައި 19 ޖުލައި 2023 އިން ފެށިގެން ނޭޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމް ތަޢާރަފް ކޮށްފިއެވެ.

މެޑިކާ ހޮސްޕިޓަލަކީ 11 އަހަރުގެ ތަޖުރިބާއާއި އެކު އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ހޮސްޕިޓަލެކެވެ.

މެޑިކާ ހޮސްޕިޓަލުން ބުނެފައިވަނީ އަމާޒަކީ މުޖުތަމަޢަށް ޚިދުމަތްކޮށް، ރާއްޖޭގެ އާބާދީގެ ޖުމްލަ ޞިއްޙަތާއި ދުޅަހެޔޮކަމަށް ޙިއްޞާކުރުން ކަމަށެވެ. މިގޮތުގެ މަތީން ވެކްސިންޖެހުމަށް ޚާއްޞަކުރެވިފައިވާ ޓީމަކީ ވެކްސިން ދިނުމުގެ އަދި ރައްކާތެރިކަމުގެ އެންމެ މަތީ ފެންވަރުގެ ތަމްރީނު ލިބިފައިވާ ޓީމެކެވެ.

މެޑިކާގައި އައު ޚިދުމަތްތައް ތައާރަފްކޮށް ފުޅާ ކުރެވޭތޯ އަބަދުވެސް ބަލަމުން ގެންދާ ކަމަށާއި ވެކްސިން ދިނުމުގެ އިތުރުން ފަހަކަށް އައިސް ނިއުރޮލޮޖީ އަދި ޑަރމަޓޮލޮޖީގެ އެކިއެކި ޚިދުމަތްތައްވެސް ތަޢާރަފްކޮށްފައި ވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ވެކްސިންގެ ޚިދްމަތް ދޭން ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު އަދި ބުދަދުވަހުގެ ހެނދުނު 8 އިން މެންދުރު 12 ގެ ނިޔަލަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ފޯނުން 3002256 އަށް ގުޅުއްވާ ނުވަތަ ވައިބަރ މެދުވެރިކޮށް 9190554 އަށް މެސެޖް ކުރައްވާ.

 

މިއަދު އޮންލައިން