އިހްލާސްތެރިކަމެއް ހުރިނަމަ، ފަސް އަހަރުގެ ދައުރެއް ނިމޭއިރު، ޝަރުޢީ ދާއިރާ އޮންނާނީ އިސްލާހު ކުރެވިފައި: ހައިލަމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އިހްލާސްތެރިކަމެއް ހުރިނަމަ، ފަސް އަހަރުގެ ދައުރެއް ނިމޭއިރު، ޝަރުޢީ ދާއިރާ އޮންނާނީ އިސްލާހު ކުރެވިފައި: ހައިލަމް

މި ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރިނަމަ، ފަސް އަހަރުގެ ދައުރެއް ނިމޭއިރު، ޝަރުޢީ ދާއިރާ އޮންނާނީ އިސްލާހު ކުރެވިފައި ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ހައިލަމް ވިދާޅުވި ގޮތުގައި، ޖޭއެސްސީ އިސްލާހު ކުރަން މަސައްކަތް ކުރާކަން ދެއްކުމަށްޓަކައި، މަޖިލިސް "ތަޅު އަޅުވައިފައި" އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ވެއްދިއިރު، އިހްލާސްތެރިކަމެއް ހުރިނަމަ، ފަސް އަހަރުގެ ދައުރެއް ނިމޭއިރު، ޝަރުޢީ ދާއިރާ އޮންނާނީ އިސްލާހު ކުރެވިފައި ކަމަށާއި އެހެންކަމުން މިހާރުގެ ސަރުކާރަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރަން ވީ ވައުދު ފުއްދާފައިނުވާތީ ހައިލަމް ސަރުކާރަށް ފާޑުވިދާޅުވިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ސަރުކާރުން ހުށަހެޅި ބިލާއެކު ޝަރުއީ ދާއިރާ އިސްލާހުކުރަން މި ސަރުކާރުންވެފައިވާ ވައުދު ފުރިހަމަވެއްޖެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން