ކުރިއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ލިސްޓްކޮށް [ހުރިހާ ކެންޑިޑޭޓުންގެ ޤައުމީ ޚިދުމަތަށްބަލައި ރައްޔިތުންނަށާ ޤައުމަށް ޚިދުމަތްކުރަން އަޅުގަނޑަށްވުރެ އިޚްލާޞްތެރިއަކު ދެއްކިއްޖެނަމަ އެމީހެއްގެ ފަހަތަށް އަރަން މިހުރީ ތައްޔާރަށް" ކަމަސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު އިންސާނިއްޔަތަށް ޚިދުމަތްކޮށްފައި ވަނީ ކޮން ކެންޑިޑޭޓެއްކަން ބަލަންޖެހޭނެކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އިންޞާފުން ޕޮއިންޓްދީ ލިބޭ ޕޮއިންޓް ޖުމުލަކުރުމުން ލިބިވަޑައިގަންނަވާ ޕޮއިންޓުން ފޭލްވެވަޑައިގެންފިނަމަ އެއިގެ މާނައަކީ އެމަނިކުފާނަށްވުރެ މާޙައްޤުކަންބޮޑު ކެންޑިޑޭޓަކު އެބަހުންނެވިކަން ކަމަށެވެ. އަދި އެހިސާބުން އަމިއްލަފުޅު ކެންޕޭން ހުއްތަވާލައްވާފައި އެކެންޑިޑޭޓަކާއިއެކު މަސައްކަތްކުރައްވަން ފަށްޓަވާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް މިއަދު ވަނީ ވަރަށް އުންމީދީ ކަންކަންވެސް އިޢުލާނުކުރައްވާފައެވެ. ޤައުމުގެ ކަންކަން މިއަދު މިއޮތް ޙާލަތަށް ކަންބޮޑުވުން ފައުޅުކުރައްވަމުން ޤާސިމް ވަނީ ކޮރަޕްޝަނާއި އެނޫންވެސް ވަބާތަކުން ޤައުމު ސަލާމަތްކުރެއްވޭނެ ކަމުގެ ޔަޤީންކަންވެސް ދެއްވައިފައެވެ.
ގުޅުންހުރި ވީޑިއޯ: