ފެހިޤާނޫނު އަސާސީއަށް ފަނަރަ އަހަރު ފުރުމުގެ މުނާސަބަތުގައި ޤާސިމްގެ ތަހްނިޔާ ރައްޔިތުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފެހިޤާނޫނު އަސާސީއަށް ފަނަރަ އަހަރު ފުރުމުގެ މުނާސަބަތުގައި ޤާސިމްގެ ތަހްނިޔާ ރައްޔިތުންނަށް!

ދިވެހީން މިއަދު މިދެކޭ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމާއި، ސިޔާސީ އަދި ދިމިޤްރާތީ ހެޔޮބަދަލުތަކާއި، އިސްލާމް ދީނުގެ އަސްލުތަކާއި އުޞޫލު ތަކާއި ޚިލާފު ނުވާ ގޮތުގެ މަތީން ބައިނަލް އަޤްވާމީ މިންގަނޑުން ގުނާލެވޭ އިންސާނީ ހައްޤުތަށް، ޤާނޫން އަސާސީ އެއްގައި ލިޔެވި، ދިވެހީންނަށް ލިބިގެން ދިޔައީ މީގެ 15 އަހަރު ކުރީން މިއަދު އެވެ.

7 އޯގަސްޓް 2008 ގައެވެ. 2003 ގެ ފަހު ކޮޅު ފެށުނު ސިޔާސީ ހަލަބޮލި ކަމާއެކު، ރައީސް މައުމޫން 9 ޖޫން 2004 ގައި ޢިއްލާން ކުރެއްވި އިސްލާޙީ އެޖެންޑާ އާއި އެކު، ޤާނޫން އަސާސީ އިޞްލާޙް ކުރުމަށް އިންތިޚާބު ކުރެވުނު ޚާއްޞަ މަޖިލީހުން އެކުލަވާލި ޤާނޫން އަސާސީ ނިންމުމަށް ރެޔާއި ދުވާލު މެދުކެނޑުމެއް ނެތި ކުރެވުނު އެ ބުރަ މަސައްކަތް ނިންމާލެވުނީ الله އިރާދަފުޅާއިއެކު އަޅުގަނޑު އެ މަޖިލީހުގެ ރައީސް ކަމުގައި އިނދެގެންނެވެ.

އެހެން ކަމުން މި ތާރީޚީ މުނާސަބަތުގައި، މި މުހިންމު މަސައްކަތުގައި އޭރު ޢަމަލީ ގޮތުން އުޅުއްވި އެންމެހާ ބަޠަލުންނަށާއި، އިސްލާޙަށް މަސައްކަތް ކުރެއްވި އެންމެހާ ލޮބުވެތި ދިވެހިރައްޔިތުންނަށް، އަދި ޖުމުލަ ކޮށް ޢާންމު އެންމެހާ ދިވެހިރައްޔިތުންނަށް ތަޙްނިޔާއާއި މުބާރަކު ބާދު އަރިސް ކުރަމެވެ.

- ޤާސިމް އިބްރާހީމް/ ޖުމްހޫރީ ޕާޓީގެ ލީޑަރު (ފެހި ޤާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް) 

މިއަދު އޮންލައިން