ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، އޮނަރަބަލް ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
ޤާސިމްގެ ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމަށް ޖޭޕީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާހެން ބޮޑު ޓީމެއް އިންތިޚާބީ މަރުކަޒް (ދަރުބާރުގެ) އަށް ވަޑައިގެންނެވީ ހިންގަވާފައި އެ ޕާޓީގެ ހެޑްކުއާޓަރސް، މ. ކުނޫޒުންނެވެ.
އިލެކްޝަންސް ކޮމިޝަނަށް ފޯމު ހަވާލުކުރެއްވުމަށް ކެންޑިޑޭޓު ޤާސިމް އިބްރާޙީމާއި، ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ޑރ. އަމީން އިބްރާހީމް އަދި އިންތިޚާބީ އެޖެންޓު އަދި ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަލީ ވަހީދު އާއި ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން، ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރު އަދި ރާއްޖޭގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއަޝަން އާއިޝަތު ނަހުލާ ވެސް އިންތިޚާބީ މަރުކަޒަށް ވަޑައިގެންނެވިއެވެ.
ޤާސިމް ހުށަހެޅުއްވި ފޯމާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގެވެ.
JP Riyaasee Candidate ge Hon @Qasimibrahim ge Candidacy Form Election ah hushahelhumuge Rasmiyaathu
— JP Secretariat (@JPSecretariat) August 7, 2023
Date: (07/08) pic.twitter.com/18Qsc4NCdY