ޤާސިމް އިބްރާހީމްގެ ކެންޑިޑެސީ އީސީން ބަލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޤާސިމް އިބްރާހީމްގެ ކެންޑިޑެސީ އީސީން ބަލައިގެންފި

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު އޮނަރަބަލް ޤާސިމް އިބްރާޙީމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެދި ހުށަހެޅުއްވި ހުށަހެޅުން ބަލައިގަންނަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް، އިސްމާއިލް ހަބީބް ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، އޮނަރަބަލް ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ގާސިމް އިބްރާހީމް، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމްގެ އިތުރުން، 7 ބޭފުޅަކުވަނީ ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެވެ.

މިއަދު އޮންލައިން