ދިވެހި ޤައުމު އަމާން އޮމާން އައްސޭރިއަކަށް ގެންދިއުމަށް ރައްޔިތުންގެ ތާއީދާ އެހީތެރިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑަށް ދެއްވާނޭ ކަމުގެ އުންމީދުގައި އިލްކްޝަންސް ކަމިޝަން އަށް މިއަދު އަޅުގަނޑުގެ ކެނޑިޑެސީ ފޯމް ހުށަހަޅައިފީމެވެ. އަޅުގަނޑާއި އަޅުގަނޑުގެ ރަނިންމޭޓާއިއެކު ދިވެހި ޤައުމު އަމާން އޮމާން އައްސޭރިއަކަށް ގެންދިއުމަށް ތިޔަ ލޮބުވެތި ރައްޔިތުންގެ އިޚްލާޞްތެރި ތާއީދަށް އެދެމެވެ. ކެނޑިޑެސީ ފޯމް ހުށެޅުމަށް އަޅުގަނޑާއިއެކު ދަރުބާރުގެއަށް ވަޑައިގެންނެވި ޕާޓީގެ އެންމެހާ މެންބަރުންނާއި، އަޅުގަނޑުގެ އެންމެހާ ސަޕޯޓަރުންނަށް އިންތިހާއަށް ޝުކުރު އަދާކުރަމުން އައްސަރިބަހާއި ސާބަސް ރައްދުކޮށް ހިތްވަރު ދެމެވެ."
- ޤާސިމް އިބްރާހީމް
ޤާސިމް އިބްރާހީމް ވަނީ ޤައުމުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް ކޮރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތްކޮށް ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑަށް ދެއްވާނޭ ކަމުގެ އުންމީދުގައި އިލްކްޝަންސް ކަމިޝަން އަށް މިއަދު އަޅުގަނޑުގެ ކެނޑިޑެސީ ފޯމް ހުށަހަަޅައިފީމެވެ.
— Qasim Ibrahim (@qasimibrahim) August 7, 2023
އަޅުގަނޑާއި އަޅުގަނޑުގެ ރަނިންމޭޓާއި އެކު ދިވެހި ޤައުމު އަމާން… pic.twitter.com/nMT4eX4gly