އިސްލާމް ދީނާ ޚިލާފް ކަމެއްކޮށްފިނަމަ ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅާނަން!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އިސްލާމް ދީނާ ޚިލާފް ކަމެއްކޮށްފިނަމަ ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅާނަން!: ޤާސިމް

"އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމް ދީނާ ޚިލާފަށް ކަމެއް ކޮށްފިނަމަ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނަން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ފާއިތުވި 5 އަހަރަކީ އިސްލާމް ދީނާއި ޚިލާފަށް ރާއްޖޭގައި ކުރާ ކަންކަމަށް ޤާނޫނީ ފިޔަވަޅު އެޅުމުގައި އެންމެ ބޮޑަށް އަޅާނުލައި ދޫކޮށްލި 5 އަހަރުކަން މިއަދުނޫހުން މިގެންދަނީ އަބަދުވެސް ފާހަގަކުރަމުންނެވެ. އެކަމުގެ ސަބަބުން ފާއިތުވި 5 އަހަރަކީ ރާއްޖޭގައި އިސްލާމް ދީނާއި ޚިލާފަށް ފައުޅުގައި އެންމެ ގިނަ ކަންކަން ކުރި 5 އަހަރުކަންވެސް މިގެންދަނީ ފާހަގަކުރަމުންނެވެ. 

ރިޔާސީ ކެންޑިޑޭޓެއްގެ ކިބައިން މިފަދަ ބަސްފުޅެއް ރައްޔިތުންނަށް އަޑުއިވިގެންދިއަކަން އެއީ ދިވެހި މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު އުންމީދެއްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން