ކޮރަޕްޝަނާ ވައްކަން ހުއްޓުވާނަން! ދައުލަތަށް ގެއްލުންވާ ގޮތަކަށް ކަމެއްކުރާ ކޮންމެ މުވައްޒިފަކާ ދަޢުވާކުރާނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކޮރަޕްޝަނާ ވައްކަން ހުއްޓުވާނަން! ދައުލަތަށް ގެއްލުންވާ ގޮތަކަށް ކަމެއްކުރާ ކޮންމެ މުވައްޒިފަކާ ދަޢުވާކުރާނަން!

"އަޅުގަނޑުގެ ސަރުކާރެއްގައި ސަރުކާރުގެ ފައިސާއިން ވައްކަންކުރުމާ ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ކޮށްފި ކޮންމެ މުވައްޒިފަކާއި ދަޢުވާ ނުކުރައްވައި ދޫނުކުރައްވާނެ" ކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނުގެ މެނިފެސްޓޯ އިޢުލާނުކުރަން މިރޭ ޖުމްހޫރީ ޕާޓީގެ މައިމަރުކަޒު، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މިހާރު މިއޮތީ އެމީހަކު ކުޜާނެ ކަމެއް ކުރަން ދޫކޮށްލެވިފައިކަމަށެވެ. ކިތަންމެ ބޮޑު ވައްކަމެއް ކުރިނަމަވެސް، ކޮރަޕްޝަނުގެ ޢަމަލެއް ހިންގި ނަމަވެސް އެމީހަކަށް އަޅާ ފިޔަވަޅެއް ނެތްކަމަށެވެ. 

އެބާވަތުގެ ޢަމަލުތައް ކުރާ މީހުންނަށް އެމަނިކުފާނުގެ ސަރުކާރަކުން ވަޤުތުން ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ "އެބާވަތުގެ ކަމެއްކޮށްފިނަމަ އެމީހަކަށް ދަޢުވާނުކުރެވެންދެން އަޅުގަނޑު ނުވެސް ނިދާނަން" ކަމަށެވެ. 

ދައުލަތުގެ ފައިސާއިން ވައްކަންކުރުން ހުއްޓުވައި ކޮރަޕްޝަން ހުއްޓުވިއްޖެނަމަ އެންމެ ތަނަވަސް ބައެއް ޤައުމުތައް ފަދައިން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ކޮންމެ މަހަކު ޢިނާޔަތްދިނުމަކީ ސަރުކާރަށް ފަސޭހައިން ކުރެވިދާނެ ކަމެއްކަން ފާހަގަ ކުރެވެއެވެ.

 

މިއަދު އޮންލައިން