ރައީސް ޑރ. ވަހީދާއި ކުރީގެ ވަޒީރު ޝައިނީ ޖޭޕީ އަށް ސޮއިކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ރައީސް ޑރ. ވަހީދާއި ކުރީގެ ވަޒީރު ޝައިނީ ޖޭޕީ އަށް ސޮއިކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޔާމީން ސަރުކާރުގެ \ފިޝަރީޒް މިނިސްޓަރު، ޑރ. މުހައްމަދު ޝައިނީ ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި މި ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމެވެ.

މީގެއިތުރުން ޑރ. ވަހީދުގެ ދަރިކަލުން، ޖެފްރީ މުހައްމަދު ވަހީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އަލީ ވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.

މިޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޑެޕިއުޓީ ލިޑަރު އަދި ރަނިންގ މޭޓް ޑރ. އަމީން އިބްރާހީމާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

މިއަދު އޮންލައިން