އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދެއްކީ އަސްލެއް ނޫން: އަލީ ހުސައިން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދެއްކީ އަސްލެއް ނޫން: އަލީ ހުސައިން

ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގައި އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބުނެ، ދެއްކި ސްލައިޑްތަކަކީ އެއްބަސްވުމުގެ އަސްލެއް ނޫންކަމަށް، ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، "އުތުރު ތިލަފަޅު އެއްބަސްވުމުުގައި އޮތީ ކޮންއެއްޗެއް ކަމެއް ނޭނގޭ. އުތުރުތިލަފަޅު އެއްބަސްވުން ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގައި ދެއްކި ސްލައިޑްތަކަކީ އެއްބަސްވުމުގެ އަސްލެއް ނޫން. ރައްޔިތުންގެ މަޖިލީހަކަށް ނޭނގޭ އެއެއްބަސްވުމުގައި އޮތް އެއްޗެއް. އުތުރުތިލަފަޅު އެއްބަސްވުން އޮތްގޮތުން އިންޑިއާގެ ނޭވީ އަންނަން ރާއްޖޭގެ ހުއްދަ ނަގާކަށް ނުޖެހޭ. ޑިފެންސް މިނިސްޓަރަށް ވެސް ހުއްދަ ނަގައިގެން ނޫން ގޮތަކަށް ނުވަދެވޭ ތަންތަން އުތުރުތިލަފަޅުގައި އެބަހުރި." ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޮގްރަފީ ޗާޓުވެސް ވިއްކާލާފައިވާކަމަށް ބުނެ އަލީ ހުސެއިން ވަނީ، ކަންބޮޑުވުން ފާޅުކުރައްވާފައެވެވެ.

މިއަދު އޮންލައިން