ޤުރްއާނުގެ އާޔަތްތަކުން ﷲ ތަޢާލާ ވަޙީކުރެއްވެވި މާނަ ނޫން މާނަ ނެރެގެން ތަފްސީރުކޮށް ކެންޕޭނުކުރާތީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް ޙުސައިން އަންޞާރު ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.
ޝައިޚް ޙުސައިން އަންޞާރު ވިދާޅުވީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށްޓަކައި ﷲ ތަޢާލާއަށް ޝުކުރިވެރިވުމާއި (ﷲ ތަޢާލާއަށް ޝުކުރުވެރިނުވެ) ކުފުރުވެރިވުމުގެ ވާހަކަ ކަމަށެވެ.
އަދި އެއީ ވަކި މީހަކަށް ވޯޓުދިނުން ކަމަށް ނިންމާނީ ކިހިނަކުންތޯ ޝައިޚް ވަނީ ސުވާލުކުރައްވައިފައެވެ. އަދި އެގޮތަށް ތަފްސީރުކުރުމަކީ ހުއްދަވާނެ ކަމެއް ނޫންކަމަށްވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.
ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމަށް ކެންޕޭނުކުރައްވަމުން އެމްޑީއޭގެ ރައީސް ދައްކަވާފައިވާ ވާހަކަފުޅަކާއި ގުޅިގެންކަން ޝައިޚް ވަނީ ހާމަކުރައްވައިފައެވެ.
Mi gothah aayaithah tharujama koh thafseeru kurumaky huhdha vaane kameh noon.. Ayathgai ALLAH tha'ala angavaafaivany e ilaahuge niumaithakah shukuruverivumaai kufuruverivumuge vaahaka. Vaki meehakah vote dhinumaky ae ey shukuruverivun kamugai ninmaany kihinakunthO?
Mi gothah aayaithah tharujama koh thafseeru kurumaky huhdha vaane kameh noon.. Ayathgai ALLAH tha'ala angavaafaivany e ilaahuge niumaithakah shukuruverivumaai kufuruverivumuge vaahaka. Vaki meehakah vote dhinumaky ae ey shukuruverivun kamugai ninmaany kihinakunthO? pic.twitter.com/MROBCWxYYP
— Hussain Ansaar (@HussainAnsaar1) August 12, 2023