ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ހަމައެކަނި ލީޑަރަކީ ގާސިމް: ޝައިނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ހަމައެކަނި ލީޑަރަކީ ގާސިމް: ޝައިނީ

ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ހަމައެކަނި ލީޑަރަކަށް މިހާރު ފެންނަން ހުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު، ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޑރ. ޝައިނީ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ޑރ. ޝައިނީ ވިދާޅުވީ "ވަރަށް ގިނަ ރައްޓެހިން ކައިރީގައިވެސް ބުނާ ވާހަކައެއް މިއީ. ސިޔާސީ ކަންކަމުގައި ކުރިއަށް ނުކުމެވަޑައިގެން ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ތިބީ ދެބޭފުޅުންނޭ. އެއީ ރައީސް ޔާމީނާއި ގާސިމް އިބްރާހިމް. އޭގެ ތެރެއިން މިއަދު އަޅުގަނޑުމެންނަށް ފެންނަން އިންނެވީ އެންމެ ކެންޑިޑޭޓެއް. އެހެންވީމަ ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނީ އެމަނިކުފާނުކަމުގެ ސައްތައިން ސައްތަ ޔަގީންކަން އޮތީމަ ޕާޓީއާ ގުޅެން މަޖުބޫރުވީ." ކަމަށެވެ.

ރާއްޖޭގައި ބޭރުގެ ނުފޫޒު އޮތްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޝައިނީ ވިދާޅުވީ، 1996 ގައި ރާއްޖޭގައި އިމުގެ ގޮތުގައި ކަނޑައެޅިގެންދިޔަ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމުގެ އިހުސާސް ކުރެވޭކަމަށާއި އަދި ދިވެހިންގެ މައްޗަށް އެހެންބަޔަކު ބަސްކިޔާފަދަ ބާރުވެރިކަމެއް އޮތްކަން ވެސް އިހުސާސްކުރެވޭކަމަށެވެ.

 

މިއަދު އޮންލައިން