އެމްޑީޕީ އާއި އަދާލަތުން ތައުލީމީ ވުޒާރާއަށް ސަމާލުވުމަށް ޑރ.އިޔާޒް ގޮވާލާފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
އެމްޑީޕީ އާއި އަދާލަތުން ތައުލީމީ ވުޒާރާއަށް ސަމާލުވުމަށް ޑރ.އިޔާޒް ގޮވާލާފައިފި

އެމްޑީޕީ އާއި އަދާލަތު ޕާޓީއން ތައުލީމީ ވުޒާރާއަށް ސަމާލުވުމަށް ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފް ގޮވާލާފައިފިއެވެ.

ތައުލީމީ ވުޒާރާއަށް ބޮޑު ތުހުމަތެއް ކުރައްވައި ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ޑރ. އިޔާޒް ވިދާޅުވީ މިއަހަރުގެ އިންތިހާބު މިހާރުގެ ރައީސް ސާލިހް ފެއިލްކޮށްލުމަށް އެންމެ އިސްދައުރެއް އަދާކުރާ ބަޔަކީ ތައުލީމީ ވުޒާރާ ކަމަށާއި އެމްޑީޕީ އާއި އަދާލަތުން މިކަމަށް ސަމާލުވުމަށް ގޮވާލާ ކަމަށެވެ.

ޑރ.އިޔާޒު މިފަދައިން ވިދާޅުވި ސީދާ ސަބަބެއް ނޭނގުނު ނަަމަވެސް މިފަހުން ވަނީ ސްކޫލުތަކުގައި ކިޔަވައިދިނުމުގައި އަމަލުކުރަންޖެހޭ އައު ކަރިކިއުލަމްއެއް އެކުލަވާލާފައެވެ. އަދި މިހާރު އަމަލުކުރަމުންދާ އައު ޤައުމީ މަންހަޖު ގައި ކްރިއޭޓިވް އާޓްސްގައި މިއުޒިކާއި ނެށުން ފަދަ ކަންކަމަކީ އިޚްތިޔާރީ ކަންކަންކަމަށް ހަދައި މިކަމަށް ދެކޮޅު ހަދާ ޓީޗަރުން ވަޒީފާއިން ވަކިކޮށްފައިވެސް ވެއެވެ.

ޑރ.އިޔާޒު ތައުލީމީ ވުޒާރާއަށް ބޮޑު ތުހުމަތެއް ކުރެއްވުމުން މި މައްސަލަ ބެލުމަށް ގިނަ އަދަދެއްގެ އާއްމުން އަންނަނީ ތަހުގީގީ އިދާރާތަކަށް ގޮވާލަމުންނެވެ. 

 

 

މިއަދު އޮންލައިން