ވިޔާނުދާ ކަންތައްތައް ކުރާ މީހުންގެ ލިސްޓުގައި އަޅުގަނޑުގެ ނަމެއް ނާންނާނެ: ޤާސިމް އިބްރާހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ވިޔާނުދާ ކަންތައްތައް ކުރާ މީހުންގެ ލިސްޓުގައި އަޅުގަނޑުގެ ނަމެއް ނާންނާނެ: ޤާސިމް އިބްރާހީމް

ވިޔާނުދާ ކަންތައްތައް ކުރާ މީހުންގެ ލިސްޓުގައި އެމަނިކުފާނުގެ ނަމެއް ނާންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އދ ފެންފުއްޓަށް ވަޑައިގެން، އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ "ވަރަށް ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިދާނެ އަޅުގަނޑު ކީއްވެގެންތޯ މިފަހަރު ކުރިމަތިލައްވައިގެން މިއުޅެނީ. ކުރުކޮށް ދައްނަވަންޏާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ މުޅި ހަޔާތުގައި އަޅުގަނޑު ކުރަމުން މިއައި މަސައްކަތް ތިބޭފުޅުން ރަނގަޅު ވިސްނުމުގެ ނަޒަރިއްޔާތަކުން ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ކީއްކުރަން، ކޮން ގޮތަކަށް މަސައްކަތްކުރާ މީހެއްކަން. އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެގެން މިއުޅޭ ވިޔާނުދާ ކަންތައްތައް ކުރާ މީހުންގެ ލިސްޓުގައި އަޅުގަނޑުގެ ނަމެއް ނާންނާނެ. އެކަމަކުވެސް ހަމަ ތަފާތު ރޮނގުރޮނގުން ރައްޔިތުންނަށް އަޅުގަނޑުގެ ނަން ތިބޭފުޅުންނަށް އަޑުއިވެމުން އަންނާނީ ދެވަނައެއް ނުވާ މީހެއްގެ ގޮތުގައިކަން އަޅުގަނޑަށް ކަށަވަރު. އެއީ ތިބޭފުޅުންނާ ކިތަންމެ ގާތުގައި ހުރި މީހެއްކަމުގައިވެސް ކިތަންމެ ދުރުގައި ހުރި މީހެއްކަމަށްވިއަސް. މިއީ ހަގީގަތް" ކަމަށެވެ.

މިގައުމަށް ފުރިހަމަ މިނިވަންކަމާއި، އިސްލާހުތައް ގެނެސް، ރައްޔިތުންނަށް ތަނަވަސްކަމާއި ދުޅަހެޔޮ ދުވަސްތަކެއް ރައްޔިތުންނަށް ގެނެސްދިނުމަށްކަމަށް ބޭނުންފުޅުވާކަމަށާއި އަދި އެމަނިކުފާނެކޭ އެއްފަދައިން ރައްޔިތުން އަމިއްލަ ތަނަވަސް މީހުންނަށް ވެގެން އުޅޭ މަންޒަރު ދެކެން ބޭނުންވާކަަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެެވެ.

ފެންފުށީ ގިނަ އަދަދެއްގެ ރައްޔިތުން ޤާސިމް އިބްރާހީމަށް ބަނދަރު ސަރަހަށްދުން މަރުހަބާ ދެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ޖޭޕީގެ ލީޑަރޝިޕްގެ ބޭފުޅުން ފެންފުއްޓަށް ވަޑަިއގެންފައިވެއެވެ.

މިއަދު އޮންލައިން