ޒުވާނުންގެ ކިބައިގައި ފެހި ހުނަރު އަށަގެންނެވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޒުވާނުންގެ ކިބައިގައި ފެހި ހުނަރު އަށަގެންނެވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޒުވާނުންގެ ކިބައިގައި ފެހި ހުނަރު (ގްރީން ސްކިލްސް) އަށަގެންނެވުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި އިއްޔެ ހަވީރު ނޭޝަނަލް ލައިބްރަރީ އިންސްޓިޓިއުޓް ރޫމްގައި ބޭއްވުނު "އެޑްވޮކަސީ އެންޑް ޔޫތު ފޯރަމް" ގައި މަޝްވަރާކޮށްފިއެވެ.

ނޭޝަނަލް ލައިބްރަރީއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މި ފޯރަމަކީ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ޒުވާނުންނަށް ފެހި ހުނަރުތައް: ދެމެހެއްޓެނިވި ދުނިޔެއަކާ ދިމާލަށް" މި މަޢުޟޫއަށް ބޭއްވުނު ހަރަކާތެކެވެ. މި ފޯރަމްގައި ނޭޝަނަލް ލައިބްރަރީއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސްގެ އިތުރުން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން، ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސް، ވެލްނަސް ފޮރ ވިމެން އަދި ޒުވާނުން ބައިވެރިވެފައިވެއެވެ.

މި ފޯރަމްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޒުވާނުންގެ ކިބައިގައި ފެހި ހުނަރު އަށަގެންނެވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، ފެހި ހުނަރާ މެދު ޒުވާނުން އަހުލުކުރުވުމުގައި ހުރި ގޮންޖެހުންތަކާއި، ފެހި ހުނަރުގެ ސަބަބުން މުޖުތަމަޢަށް އަންނާނެ ހެޔޮ ބަދަލުތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން، މާލެ ސިޓީއާއި އަތޮޅުތެރޭގައި ޒުވާނުން ބާރުވެރިކުރުވައި، "ޗޭންޖް އޭޖެންޓުން"ގެ ގޮތުގައި ޒުވާނުން ތަމްރީނުކުރުމާ ގުޅޭގޮތުން ވެސް މި ފޯރަމްގައި މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރެވުނެވެ.

 

 

 

މިއަދު އޮންލައިން