ކުންފުނިތައް މެދުވެރިކޮށް ވޯޓަށް ބާރު ފޯރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަންނާނެކަމެއް ނޫން: ޑރ. އިރުތިޝާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކުންފުނިތައް މެދުވެރިކޮށް ވޯޓަށް ބާރު ފޯރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަންނާނެކަމެއް ނޫން: ޑރ. އިރުތިޝާމް

ކުންފުނިތައް މެދުވެރިކޮށް ވޯޓަށް ބާރު ފޯރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަންނާނެކަމެއް ނޫން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑުވައިޒަރު އަދި ކުރީގެ ކުޅިވަރާބެހޭ ވަޒީރު ޑރ. އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުހޯދާދޭ މުވައްޒަފުންނަށް، 4000 ރުފިޔާގެ ބޯނަސްއެއް ދޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެ ކުންފުނީގެ މުވައްޒަފުން ގާތު ބުނެފައިވާކަން ހާމަކޮށް މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިރްތިޝާމް ވިދާޅުވީ، ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާގައި ތިބި މުވައްޒަފުންނަށް ކުންފުނިތައް މެދުވެރިކޮށް ބާރު ފޯރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަންނާނެކަމެއް ނޫންކަމަށެވެ. ކުންފުނިތަކުގެ ބަޖެޓުގައި ހުރި ފައިސާއަކީ، ރައްޔިތުންގެ ފައިސާކަމަށްވީއިރު މިކަން މިނިވަން މުއައްސަސާތަކުން ބަލަންޖެހޭނެކަމަށް ވިދާޅުވެ، މި މައްސަލަ ބެލުމަށް، އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އެކަމަނާވަނީ ގޮވާލާއްވާފައެވެ. އަދި އެފަދަ ކޮރަޕްޝަންގެ ހަރަކާތްތައް ހިންގާ ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކުރަންޖެހޭނެކަން ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިމަހުގެ 19 ވަނަ ދުވަހުގެރޭ ތާޖުއްދީން ސްކޫލުގައި ޝަރީފު، އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ރައީސް ޞާލިހަށް ވޯޓު ދިނުމަށް ވަނީ އެދިފައެވެ. އަދި ކޮންމެ މުވައްޒަފަކުވެސް މަދުވެގެން 5 ވޯޓު ހޯދާ ދިނުމަށާ, އެކަން ކުރެވޭ މުވައްޒަފުންނަށް 4000 ރުފިޔާ ކުންފުނިން ދޭނެކަމަށް ބުނެފައިވާކަމަށް ވެއެވެ.

 

މިއަދު އޮންލައިން