ފުލުހުންގެ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މޫސާ، ނިޔާވުމުން ޤާސިމްގެ ތަޢުޒިޔާ-

ކިޔުމަށް ހޭދަވާނީ 1މ 30ސ
ފުލުހުންގެ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މޫސާ، ނިޔާވުމުން ޤާސިމްގެ ތަޢުޒިޔާ-

"اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن 

ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ ޒުވާން އޮފިސަރުން ކުއްލިގޮތަކަށް ނިޔާވަމުންދާ ޚަބަރު މި ދެތިން ދުވަހަކު އަޅުގަނޑު މިއަހަނީ ނުހަނު ކަންބޮޑުވުމާއި، ހައިރާންކަމާއި އަދި ނުހަނު ހިތާމައާއި އެކުގައެވެ. މީގެ 1 ދުވަސް ކުރީން ސިފައިންގެ މެޑިކޯގައި މަސައްކަތްކުރާ ނުހަނު ޚިދުމަތްތެރި ޒުވާނަކު ކުއްލިއަކަށް ނިޔާވި ޚަބަރު ލިބުނުތާ 24 ގަޑިއިރު ނުވަނީސް، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަމުންދިޔަ ފުލުހުންގެ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މޫސާ، ހއ. ހޯރަފުށި / ނިކޯޝިއާ ރޭގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. މަރުޙޫމް އަޙްމަދު މޫސާގެ ފުރާނައަށް ރަޙްމަތްލައްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެއްވުން އެދި ދުޢާކުރަމެވެ. އަދި އެ އާޢިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

- ޤާސިމް އިބްރާހީމް / ޖުމްހޫރީ ޕާޓީގެ ލީޑަރު

މިއަދު އޮންލައިން