ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިޚް ޢުޘްމާން ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ޤާސިމް އިބްރާހީމްގެ ތަޢުޒިޔާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިޚް ޢުޘްމާން ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ޤާސިމް އިބްރާހީމްގެ ތަޢުޒިޔާ-

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن 

ރާއްޖޭގައި ދީނީ ތައުލީމު ފެތުރުއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޝައިހް އުޘްމާން އަބްދުﷲ އަވަހާރަވި ޚަބަރު އަޅުގަނޑު އެހީ ނުހަނު ފުން ހިތާމައާއި އެކުގައެވެ. ޝައިހް އުޘްމާން ޢަބްދުއްالله އަކީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވި، ހިތްތިރި ޚުލްޤުހެޔޮ ޝަރަފްވެރި، ޢިލްމުވެރިއެކެވެ. މާތް اَللّٰهُ މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

- ޤާސިމް އިބްރާހީމް، / ވިލާ ފައުންޑޭޝަންގެ ބާނީ 

މިއަދު އޮންލައިން