އެއްހާސް ނިއުމަތަށްވުރެ މިނިވަންކަމާއި އިސްތިގުލާލު މުހިންމު: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
އެއްހާސް ނިއުމަތަށްވުރެ މިނިވަންކަމާއި އިސްތިގުލާލު މުހިންމު: ޤާސިމް

އެއްހާސް ނިއުމަތަށްވުރެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ "އެއްހާސް ނިއުމަތަށްވުރެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު މުހިންމު. އެކަން ވިސްނޭތީ މި ދަންނަވަނީ. ތަރައްގީ އާއި ތަހުޒީބާއި ތަމައްދުނު ގެނެވޭނީވެސް ލިބޭނީވެސް ތަރައްގީގެ އޮކްސިޖަންއަކީ މިނިވަންކަމައި އިސްތިގުލާލު." ކަމަށެވެ.

ޤާސިމް ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުއޮތީ ނުރައްކަލުގެ ތުންފަތްމަތީގައިކަން ފާހަގަކުރައްވައި ގައުމުގެ ހާލަތު އޮތީ "ކުރަފަތެއްގެ މިޔަ މަތީގައި" ކަމަށް ސިފަކުރައްވާފައެވެ.

ގާސިމްގެ މެނިފެސްޓޯގައި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމުގެ ވައުދުގެ ތެރެއިން ބޭރުގެ އެއްވެސް ފަރާތެއްގެ އަސްކަރީ ބޭހެއް ގާއިމްކުރުމުގެ ފުރުސަތު ނުދިނުމާއި،އިޓްލޮސް އިން ނިންމި ނިންމުމާއެކު ގައުމުން ގެއްލުނު ބައި އަނބުރާ ހޯދުން ހިމެނެއެވެ. 

މިއަދު އޮންލައިން