އެމަނިކުފާނު މިފަދައިން ސުވާލު އުފެއްދެވީ ކެމްޕެއިނަށް އދ ދިއްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ގާސިމް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވައި ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފާޅުކަން ބޮޑު ގޮތެއްގައި ވަޒީފާތައް ބަހަމުން ގެންދާ ކަމަށެވެ. ގާސިމް ވިދާޅުވީ މިފަދަ ހަޑި މުޑުދާރު އަމަލުކޮށްގެން ވެރިކަމަށް އަންނަން މީހަކު ހިފާލާނީ ކިހާވަރަކަށް ވެރިކަން ބޭނުންވުމުން ކަމާއިމެދު ރައްޔިތުންނާ ސުވާލުކުރައްވާފައެވެ.
ގާސިމް ވަނީ މިހާރުގެ ރައީސް ވެރިކަމުގައި ބަހައްޓަން އިންޑިއާއިން ގަދަފައި ވިއްދާފައި އުޅެނީ ކޮންކަމަކާތޯ ސުވާލު އުފައްދަވައި އަޅުގަނޑުމެންނަކީ މިނިވަން ދައުލަތެއް ކަމަށް ވިދާޅުވެފައެވެ.
ގައުމީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމް ވިދާޅުވީ "ކީއްވެގެންތޯއޭ އިންޑިއާއިން އިންތިހާބަށް ނުފޫޒު ފޯރުވައިގެން ވަކި މީހަކަށް އިންތިހާބު ކާމިޔާބުކޮށްދޭން މިއުޅެނީ. އިންޑިއާއިން ބޭނުންވޭ ރައީސް ސާލިހް ވެރިކަމުގައި ބަހައްޓަން. ކިތަންމެ ކުޑަ ގައުމަކަސް އިއްޒަތާއި އަބުރު ރައްކާތެރިކުރަން ބޭނުންވޭ. މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓޭކަމުގެ ހެކި ބޭނުން" ކަމަށެވެ.
ގާސިމްވަނީ އިންޑިއާގެ ރައްޔިތުންނާއި، ރާއްޖެއާއި އިންޑިއާގެ ގުޅުމާމެދު އެއްޗެއް ނުބުނާ ކަމަށާއި އެއްޗެއް މިބުނަނީ ގާނޫނާއި ގަވާިދާއި ހިލާފަށް މިނިވަކަން ގެއްލޭގޮތައް އިންޑިއާގެ އަސްކަރީ ބާރުތަކުން ރާއްޖޭގައި ވަޒަންވެރިވެގެން ތިބޭ ތިބުމާއި ގުޅޭގޮތުން ކަމަށެވެ.
އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވަންވީ ކީއްވެގެންތޯ ގައުމީ ކެންޑިޑޭޓް ސުވާލު އުފެއްދެވި އިރު ބައެއް ބޮޑެތި ޤައުމުތަކުގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމަށް އެގައުމުތަކުން ތުހުމަތުކުރާއިރު ރާއްޖެކަހަލަ ކުޑަ ގައުމަކަަށް މި ނުފޫޒު އޮންނާނެވަރު އަންދާޒާކުރެވެއެވެ.
އެކަން އެ ގައުމުތަކުން ކުރަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީގެންނާއި ބައެއްފަހަރު އަސާސީ މައްސަލަތައް ކަނޑައެޅުމުގައި އެހީތެރިވެގެންނެވެ. މީގެ ހެކި ރާއްޖޭގެ މާޒީން ފެނިފައިވާއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވީ އިންޑިއާގެ ޑިޕްލޮމެޓުންކޮށްދިން މަސައްކަތުންކަމަށް ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.
އިންޑިއާއިން ރާއްޖޭގެ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ މީގެ ކުރިން އަވައްޓެރި ސްރީލަންކާއާއި ނޭޕާލްގެ އިންތިހާބަށްވެސް ނުފޫޒު ފޯރުވާފައިވާ ބީދައިންނެވެ.
އިންތިހާބުވިޔަސް ތަރައްގީވިޔަސް ދިވެހިންގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހުތިޔާރާއި ބާރުވެރިކަން އޮންނަންވާނީ ދިވެހިންގެ އަތްމަތީގައެވެ. ދެން އޮތީ ހުރިހާ ދިވެހިންވެސް ކުރާ ސުވާލެކެވެ. އިންޑިއާގެ މަސްލަހަތު ދިފާއުކުރުމަށް ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަމުން ދާއިރު ދާއިރު ރާއްޖޭގެ މަސްލަހަތުގައި ކުރަންޖެހޭ ކަންކަން ކުރާނީ ކާކުތޯއެވެ؟
ސަރުކާރަށް ރާއްޖޭގެ މަސްލަހަތު ދިފާއު ނުކުރެވުމުން ގާސިމް ނުކުންނަވާ ކުރައްވަމުން އެ ގެންދަވަނީ އެ މަސައްކަތްޕުޅުކަން ނޭނގެނީ ކާކަށްބާވައެވެ؟
ޚަބަރު: ވީނިއުސް