ބޭސްފަރުވާއަށް ސަލާންޖެހުން، މިސަރުކާރުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މިވަނީ މެކުހަށް ޖަހާފައިކަމަށް ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިފަދައިން ވިދާޅުވީ ތ. ވޭމަންޑޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަމީން ވަނީ ވެރިކަމަށް ކުރިމަތިލައިގެން އުޅޭ ބަޔަކު ވައުދުތަކެއްވުމުން، ރައްޔިތުން ކުރިމަތިކުރާނެ ސުވާލަކީ އެކަންކަން ވާނެތޯކަމަށެވެ. މިޔަގީންކަން އެންމެ ބޮޑަށް ލިބޭނީ މާޒީގެ ހިދުމަތްތަކުން ކަމަށް ވާއިރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް މިކަން ސާބިތުކޮށްދެއްވާފައިވާކަމަށް އަމީން ވިދާޅުވިއެވެ.
މީގެ 15 އަހަރުކުރިން ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓާލުމުގެ ވައުދާއެކު އައި މީހުންގެ ސަބަބުން ރައްޔިތުންނަށް އާސަންދަ ވެފައިވަނީ ބޮޑު ތަކުލީފަކަށްކަމަށް އަމީން ވިދާޅުވިއެވެ. އަދި މިސަރުކާރު އައިފަހުން ބޭސްފަރުވާއަށް ސަލާންޖެހުން އިތުރުވެފައިވާކަން އަމީން ފާހަގަކުރެއްވިއެވެ. ދިގުމުއްދަތަކުގެ ބަލިތަކަށް ބޭސްފަރުވާ ބޭނުންވާ މީހުން ރާއްޖޭގައި މިހާރު ގިނަކަން ފާހަގަކުރައްވައި އަމީން ވަނީ، މިއީ ރައްޔިތުންނަށް ހަރަދު ބޮޑުކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އާސަންދައިން މިފަދަ މީހުންނަށް ދެކޮޅު ޓިކެޓް އެކަނި ދީފައި ނިންމާލުމުން ދެން އާންމު ރައްޔިތު ބަލިމީހާ އުޅޭނެ ހާލު އަމީން ވަނީ އޮޅުންފިލުއްވާދެއްވާފައެވެ.
ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް "ދެން ޖެހެނީ އެމްޕީއަށް ސަލާންޖަހަން. އާސަންދައަށް ސަލާންޖެހުން ވަނީ މެކުހައް ޖަހާފައި. މިކަން މިހެންވުމުގެ ސަބަބަކީ ނިޒާމުގައިއޮތް ކޮރަޕްޝަން. އާސަންދައިން ކުރަންޏާ އަގު އުފުލޭ އެތައް ލައްކައަކަށް. މި ދާ ބައި ކޮންބައެއްގެ ޖީބައްތޯ ވަންނަނީ. ވިސްނަންޖެހޭ. ސަރުކާރަކަށް ނޭނގުނު މި ހިދުމަތްދޭކަށް". ކަމަށެވެ.
އިބްރާހިމް ވަނީ މީގެ ކުރިން ވަށައިޖެހޭ ސިއްހީ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދީފައިކަމަށް އަމީން ވިދާޅުވިއެވެ.
ގާސިމްގެ ސިއްހީ ދާއިރާގެ ތަޖުރިބާއާއެކު އެކަށައަޅާފައިވާ މެނިފެސްޓޯގައި، އޯގާތެރި ޒަމާނީ ސިއްހީ ފަރުވާގެ ތެރެއިން އާސަންދަ އަކީ ހަމަހަމަ، ކޮރަޕްޝަން ނެތް، އިސްރާފުން އެއްކިބާވެފައިވާ ނިޒާމަކަށް ހެދުމާއި، އަދި ބޭސް ފަރުވާއަށް ކޮންމެހެން ބޭރަށް ދާންޖެހޭ ބަލިމީހުންނަށް، ބޭރަށް ދާންޖެހޭ ބަލިމީހުންނަށާއި ބަލިމީހުންގެ އެހީތެރިޔާއަށް ބޭރަށް ދިއުމާއި ތިބުމާއި ކެއުމާއި ބޭސްފަރުވާގެ ހުރިހާ ހަރަދުތަކެއް ސަރުކާރުން އާސަންދައިގެ ތެރެއިން ހަމަޖެއްސުމާއި، ފެންވަރު ރަނގަޅު ފަރުވާ ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ދިވެހިން ބޭރަށް ދިއުން މަދުކުރުމަށްޓަކައި ރާއްޖޭގެ 2 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ 2 ހޮސްޕިޓަލްގެ ހިދުމަތްތައް ފުރަތަމަ 2 އަހަރުގެ ތެރޭގައި ދޭންފެށުމާއި، ސްޕެޝަލިސްޓް ޑަކްޓަރަކަށް ދެއްކުމަށް ގިނަ ދުވަހު ކިޔޫގައި ހުރުން ނިމުމަކަށް ގެނެސް، 7 ދުވަހުގެ ތެރޭގައި ސްޕެޝަލިސްޓް ޑަކްޓަރަކަށް ދެއްކޭނެ ގޮތް ހެދުމާއި، ރާއްޖޭގެ 7 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމާއި، ގައުމީ ޑައިގްނޮސްޓިކް ނިޒާމެއް ގާއިމްކޮށް ގައުމީ މެންޓަލް ހެލްތް ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.
މީގެ އިތުރުން އުމުރުން 50 އަހަރުން މަތީގެ ކޮންމެ މީހަކު އަހަރަކު 1 ފަހަރު ހަދަންޖެހޭ ހެލްތު ސްކްރީން ތައާރަފްކުރުމާއި ފަރުދީ މެޑިކަލް ރެކޯޑު ބެލެހެއްޓުމާއި ދޮށީ އުމުރުގެ މީހުންނާއި އެނދުމަތި ކޮށްފައިވާ މީހުންގެ ގާތަށްގޮސް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމްކުރުމާއި ކްރޫޒިން ހޮސްޕިޓަލެއްގެ ހިދުމަތް ދިނުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތަކުން އެކުދިން ސަލާމަތްކުރުމަށް އެހީތެރިވުން ފަދަ މުހިންމު ބޭނުންތެރި ކަންކަން ހިމަނާފައިވެއެވެ.
ޚަބަރު: ވީނިއުސް