މިހާރުވެސް ކަންކަން ކޮށްދެއްވާ ބޭފުޅަކު ވެރިކަމަށް އިސްކޮށްފި ނަމަ މާފުރިހަމަކޮށް ކަންކަން ކޮށްދެއްވާނެ: ޑރ. އަމީންް

ކިޔުމަށް ހޭދަވާނީ 4މ 30ސ
މިހާރުވެސް ކަންކަން ކޮށްދެއްވާ ބޭފުޅަކު ވެރިކަމަށް އިސްކޮށްފި ނަމަ މާފުރިހަމަކޮށް ކަންކަން ކޮށްދެއްވާނެ: ޑރ. އަމީންް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ޒައާމަތެއްގައި، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަމުގެ އިތުރުން ރައްޔިތުން އެދޭ ކަންކަން މާފުރިހަމަކޮށް ކޮށްދެެއްވާނެކަމުގެ ޔަގީންކަން ޑރ. އަމީން އިބްރާހީމް ދެއްވައިފިއެވެ.

ގައުމީ ކެންޑިޑޭޓް ޤާސިމްގެ ރަނިންމޭޓް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު މިފަދައިން ވިދާޅުވީ، ތ. ބުރުންޏަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ބުރުނީގައި ބޭއްވި ޓައުންހޯލް ބައްދަލުވުމުގައި ޑރ. އަމީން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ޤާސިމްގެ މެނިފެސްޓޯގައި ހުރި ބައެއް ވައުދުފުޅުތައް ވިދާޅުވެދެއްވާފައެވެ. ޑރ. އަމީން ވިދާޅުވީ، އެވައުދުޅުތައް ފުއްދަވައިދެއްވޭނެތޯ ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ.

އެއަށްފަހު ޑރ. އަމީން ވިދާޅުވީ އެސުވާލަށް އޮތް ސާފު ޖަވާބެއް ކަމަށެވެ. އެމަނިކިފާނު ވިދާޅުވީ މިހާތަނަށްވެސް ރައްޔިތަކު އެބޭފުޅެއްގެ ގާތަށް ކަމަކާއިގެން ގޮސްފި ނަމަ ޤާސިމް އިބްރާހީމް އައީ އެކަމެއް އެމަނިކުފާނަށް ކޮށްދެވުނު ގޮތަކަށް ކޮށްދެއްވަމުން ކަމަށެވެ. އެހެންކަމުން، ޤާސިމް އިބްރާހީމް ވެރިކަމަށް އިސްކޮށްފިނަމަ ރައްޔިތުންގެ ކަންކަން މާ ފުރިހަމައަށް ކޮށްދެއްވާނެކަމަށް ޑރ، އަމީން ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ތާރީޚުގައި ގައުމަށާއި ރައްޔިތުންނަށް އެންމެ ގިނަ ކަންތައްތަކާއި ޚިދުމަތްތައް ކޮށްދެއްވި އަމިއްލަ ފަރުދޭ ދެންނެވިދާނެއެވެ.

ސަބަބުތައް ބައިވަރެވެ. ސަރުކާރަށް ފުރަތަމަ ވެދެވަޑައިގެން ލިބިވަޑައިގެންނެވި މުސާރަފުޅުން ނިކަމެތިންނަށާއި، ދިރިއުޅުމުގެ އެކި މުހުތާދުތައް ފުއްދުމަށް އެދޭ ފަރާތްތަކަށް މުސާރައިގެ މިންވަރެއް ހޭދަކުރެއްވުމަކީ، ޤާސިމްގެ އާދައެކެވެ. އެކިއެކި ވަޒީފާތަކުގައި އުޅުއްވައި، ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި ޤާސިމް ފުރަތަމަ އަމިއްލަފުޅު ވިޔަފާރިއެއް ފެށްޓެވީ 1976 ވަނަ އަހަރުއެވެ. އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނެންގެވި 15000 ރުފިޔާގެ ލޯނަކުންނެވެ.

ޤާސިމަކީ، މަސައްކަތުގައި ވަރަށް ހީވާގި މުރާލި ބޭފުޅެކެވެ. ވިޔަފާރީގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރާއި ކެރުން ހުރި ބޭފުޅެކެވެ. އެހެންކަމުން، ވިޔަފާރީގައި 10 ވަރަކަށް އަހަރު ޤާސިމް ހޭދަކުރެއްވިއިރު، އެމަނިކުފާނު ގުނާލެވުނީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރީންގެ ސަފުގައެވެ. ދިވެހި ވިޔަފާރިވެރީންގެ ޖަމްޢިއްޔާގެ އެއް މުއައްސިސްގެ ގޮތުގައެވެ. އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރީންގެ ޙައްޤުގައި އަޑުއުފުއްލެވުމުގައި ވެސް ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

އޭގެފަހުން 1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމްވެވަޑައިގަތެވެ.

ވިޔަފާރީގެ ތަފާތު ދާއިރާތަކުގައި ރާއްޖޭގައި އެންމެ ބިޔަ އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ އަމިއްލަ ފަރުދުންގެ ތެރޭގައި ޤާސިމް ހިމެނިވަޑައިގަންނަވައެވެ. ސިމެންތިއާއި ގޭހާއި އަދި މަތިންދާބޯޓު ދަތުރުފަދަ ވިޔަފާރިތައް ވާދަވެރި ވިޔަފާރިތަކަކަށްވެ، އަގުހެޔޮވެގެން ދިޔައީ، މިފަދަ ވިޔަފާރިތަކުގައި ޤާސިމް ކުރެއްވި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ލިބެންފެށީ، ޤާސިމް އެކަމަށް އިސްނެންގެވި ހިސާބުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގައި މޫދުކޮޓަރި ތަޢާރަފްކޮށްދެއްވުމާއި، ރިޒޯޓްތަކުގެ މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަން ދެއްވުމާއި، މަސްވެރިކަމުގެ ބިޔަ އިންވެސްޓްތައް ކުރައްވައި ބޮޑުއަގުގައި މަސްވެރީންގެ އަތުން މަސް ބައްލަވައިގަންނަވަން ފެށްޓެވުމާއި، ޕްރައިވެޓް އެއަރޕޯޓްތައް ރާއްޖޭގައި ބިނާކުރުމަށް އިސްނެންގެވުމާއި، ޕްރައިވެޓް ކޮލެޖެއް ރާއްޖޭގައި އަލަށް އުފެއްދެވުން ފަދަ ކަންކަމަކީ، ޤައުމީގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ.

އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ [ލައިފްޓައިމް އެޗީވްމަންޓް އެވޯޑް] އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަންވެސް ފާހަގަކުރެވެއެވެ.

އިންސާނީ ޚިދުމަތަށް ބަލާއިރު، ރާއްޖެއިން ބޭރަށް ދިވެހީން ފޮނުއްވައިގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކޮށްދެއްވުމުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވި އަމިއްލަ ފަރުދަކީ އެމަނިކުފާނެވެ. ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީ ޤާސިމެވެ. އަދި ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެށްޓެވީވެސް ޤާސިމެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްތަކުގެ ތަޢުލީމާއި، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި މިވޭތުވި ސާޅީހަކަށް އަހަރު، އެންމެ ދީލަތި އެހީތެރިކަމެއް ވެދެއްވާފައިވާ އެއް ފަރުދަކީވެސް ޤާސިމް އިބްރާހީމެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިންގާފައިވާ ސިޔާސީ އިޞްލާޙާއި ޑިމޮކްރަސީގެ ޙަރަކާތްތަކުގައި ޤާސިމްވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.

 

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން