ވޯޓަކީ އެއްގޮތަަކަށްވެސް ވަކި ކުލައަކަށްވީތީ ދޭންޖެހޭ އެއްޗެއް ނޫން: ޤާސިމް

ކިޔުމަށް ހޭދަވާނީ 1މ 53ސ
ވޯޓަކީ އެއްގޮތަަކަށްވެސް ވަކި ކުލައަކަށްވީތީ ދޭންޖެހޭ އެއްޗެއް ނޫން: ޤާސިމް

ވޯޓަކީ އެއްގޮތަަކަށްވެސް ވަކި ކުލައަކަށްވީތީ ދޭންޖެހޭ އެއްޗެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެެވެ.

އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އއ ތޮއްޑޫއަށް ވަޑައިގެން ވާހަކަދައްވަމުން ޤާސިމް ވިދާޅުވީ، ވޯޓުލާނެ މީހަކު ހޯދުމުގައި ތިބޭފުޅުން ވިސްނަންވީ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކާކުތޯކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް އަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާއިރު، ވޯޓުލުމުގައި އެބޭފުޅުން ގައުމަށް ކޮށްދިނީ ކޮންކަމެއްތޯ އަދި އެބޭފުޅެއް ކުރެއްވި މަސައްކަތްތަކުން ކާމިޔާބީއެއް ހޯއްދަވާފަ ހުންނެވި ބޭފުޅެއްތޯއާއި ކިހާ އަހުލާގު ރަނގަޅު ބޭފުޅެއްތޯ ބެލުން މުހިންމުކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ "ވޯޓުލައްވާނެ މީހަކު ހޯއްދެވުމުގައި ތިބޭފުޅުން ވިސްނާވަޑައިގަންނަވަންވީ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކާކުތޯ. އަށް މީހުން އެބަތިބި ކުރިމަތިލާފަ. އަށް މީހުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓަކު ހޮވުމަށްޓަައި ވިސްނާވަޑައިގަންނަވާއިރު އެއީ ކާކުތޯ؟ އެކަން ބެއްލެވުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑަށް ފެންނަގޮތުގައި އިސްވެދިޔަ ތަނުގައި ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުން ކުރެ ކޮންމެ ބޭފުޅަކާއި ދޭތެރޭވެސް، އެމީހުން ކޮށްދިނީ ކޮންކަމެއްތޯ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި، އޭނަ ކުރި މަސައްތަކުން ކޮން ކާމިޔާބީއެއް ހޯއްދަވާފަހުންނެވި ބޭފުޅެއްތޯ، އޭނައަކީ ކިހާ އަހުލާގު ރަނގަޅު މީހެއްތޯ. އިންސާނިއްޔަތާއި ވިސްނުން ހުރި މީހެއްތޯ. އަމިއްލަ ވިސްނުމުން އެއްވެސް ކަމެއް ކޮށް، އެކަމުގެ ކާމިޔާބު ހޯދާފައި ހުރިި މީހެއްތޯ، ކިހާބޮޑުކޮށް، ކިހާ ފުޅާކޮށްތޯ އޭނަ ކަމެއް ކޮށްފައިވަނީ. މިހުރިހާ ކަމެއްގެ މައްޗަށް ރަނގަޅަށް ބައްލަވާލައްވާފަ މާކްސް ދިނީމަ އެނގޭނެ ދެން ކުޅަދާނައީ މޮޅީ" ކަމަށެވެ.

ގާސިމް ވިދާޅުވީ، ވޯޓަކީ އެއްގޮތަަކަށްވެސް ވަކި ކުލައަކަށްވީތީ ދޭންޖެހޭ އެއްޗެއް ނޫންކަމަށެވެ. ހޯދަންޖެހެނީ ގައުމަށް ވަފާތެރި އަދި އިހުލާސްތެރި ވެރިއަކުކަމަށެވެ.

ޤާސިމް ވިދާޅުވީ، މީގެކުރިންވެސް، އަދި މިހާރުވެސް އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިސްލާހަށްޓަކައިކަމަށެވެ.

 

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން