ކައިވެނި ރޫޅުނު ސަބަބަށް ނުބަލާށެވެ! ދަރިންނަށް ގާތުންދޭ މައިންނަށް ޚަރަދުކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ! ބައްޕައިންގެ މައްޗަށް އޮތް ވާޖިބެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ކައިވެނި ރޫޅުނު ސަބަބަށް ނުބަލާށެވެ! ދަރިންނަށް ގާތުންދޭ މައިންނަށް ޚަރަދުކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ! ބައްޕައިންގެ މައްޗަށް އޮތް ވާޖިބެކެވެ!

މިހާރަކަށް ކައިވެނި ރޫޅުމުން ދަރިންނަށް ޚަރަދު ނުކުރުމުގެ މައްސަލަތައް ގިނަވަމުން އަންނަކަމީ ހިތާމަކުރި ކަމެކެވެ. ދަރިންނަށް މައިމީހާގެ ގާތުންދޭ މުއްދަތުގައި މައިމީހާއަށް ހެޔޮކޮށް ހިތައި އޭނާގެ ޚަރަދު ބަރަދު ބަލަހައްޓަން ޖެހޭނެއެވެ. އޭނާއަށް ރަނގަޅު ކާނާދީ އަދި އުނު އަންނައުނުވެސް ދޭންޖެހޭނެއެވެ. 

"މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް ޤަޞްދު ކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ." 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ. ހަމައެއާއިއެކު ކުއްޖާގެ ބައްޕަ ނެތިއްޖެ ޙާލަތުގައި ކުއްޖާގެ ވާރުތަވެރިޔާއަށް ވެސް އެ ޚަރަދުކުރަން ވާޖިބުވާނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި، (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމް ވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން ލާޒިމް ވެގެންވެތެވެ." 

ހަމައެއާއިއެކު ޚަރަދުކުރުމުގައި އޮތީ އެމީޙަކަސް ލިބޭ މިންވަރަކުން ޚަރަދުކުރުމެވެ. ވީމާ ކުއްޖާގެ ބައްޕަގެ ކިބައިގައި ނެތް މިންވަރަކުން ކަންކަމަށް އެދުމެއްވެސް ނެތެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ.

"އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކުލީފެއް ނުޖައްސަވަތެވެ." 

ވީމާ ކޮންމެ ސަބަބެއް މެދުވެރިވެގެން ކައިވެނި ރޫޅުނު ކަމުގައިވީނަމަވެސް އެމީހަކަށް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަންކަން ކުރާށެވެ! އެއީ އެމީޙަކަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ. ވާޖިބެކެވެ. އަދާނުކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ދުވަހަށް ބިރުވެތިވާށެވެ. 

"މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް ޤަޞްދު ކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކުލީފެއް ނުޖައްސަވަތެވެ. މައިމީހާއަށް، އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، ބަފަޔަކަށްވެސް، އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމް ވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން ލާޒިމް ވެގެންވެތެވެ. ފަހެ، އެ ދެމީހުންގެ ރުހުމާއި، މަޝްވަރާއާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ޤަޞްދު ކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ޤަޞްދު ކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!"
(އަލް ބަޤަރާ: 233)
 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން