ލޮބުވެތި މައިންބަފައިންނޭވެ! ދަރިންނަށް ދަސްކޮށްދޭންވީ މިފަދަ ރަނގަޅު އާދަތަކެވެ. ދަރިފުޅަށާއި ޚުދު ތިމާއަށް ވެސް އެކަންކަމުން ފައިދާކުރާނެ ކަންކަމެވެ.
ލިޔުމުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! މިއަދު އެކުޑަކުއްޖާ ޤުރްއާން އެކިޔަވަނީ ޢުމުރުން ދުވަސްވެފައިވާ މާމަގެ ގާތުގައި ހުރެއެވެ. މާދަމާ ހަމައެދަރިފުޅު ތިމާގެ ގާތުގައި ހުރެގެންވެސް ކިޔެވުމަށް އުންމީދުކުރާށެވެ!
އަދިވެސް ވިސްނައިލާށެވެ! ކުއްޖާއަށް އެއިރުން ދަސްކޮށް އެދެވެނީ ޤުރްއާނުގެ މަތިވެރިކަމެވެ. ކޮންމެ ޙާލެއްގައިވެސް ޤުރްއާން ކިޔަވަން ޖެހޭނެ ކަމެވެ. ޤުރްއާން ކިޔެވުމަކީ ކިޔަވާ މީހަކަށާއި ބަލިމީހާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމެވެ. ޤުރްއާނަކީ ޝިފާއެއް ކަމެވެ.
ނިކަން ވިދާޅުވެބައްލަވާށެވެ! މިފަދަ ރަނގަޅު އާދަތައް ދަރިންނަށް ދަސްކޮށްދެވޭތޯއެވެ؟ ނުދެއްވޭނަމަ އަވަހަށް އެކަމަށް އަވަސްވެގަންނާށެވެ! ދަރިންނަށްޓަކައިވެސް ތިމާއަށްޓަކައިވެސް ކުރަންވީ މިފަދަ ކަންކަމެވެ.
ކަމުގެ ޒާތަށް ބަލައިފިނަމަ މިއީ ވަރަށް ކުޑަކުޑަ ކަމަކަށްވެދާނެއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ މިބާވަތުގެ ކަންކަމަކީ ދަރިންނާއި ތިމާގެ އާޚިރަތަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަންކަމެވެ. އިން ޝާ ﷲ
ގުޅުން ހުރި ވީޑިއޯ: