ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރަންޖެހޭ އެންމެ ބޮޑު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރަންޖެހޭ އެންމެ ބޮޑު ސަބަބު-

އިސްލާމް ދީނާއި ދުރުހެލި އަންހެނަކާއި ކައިވެނިކުރާނަމަ ވިސްނަން ޖެހޭނެ އެންމެ ބޮޑު އެއްކަމަކީ ލިބޭ ދަރިންގެ މުސްތަޤްބަލެވެ. އިސްލާމް ދީނުގައި ދަރިން ތަރުބިއްޔަތުކުރުމެވެ. ސަބަބަކީ ތިމާގެ ދަރިންނަކީ މުސްލިމް، ތަޤްވާވެރި ދަރިންގެ ގޮތުގައި ތަރުބިއްޔަތުކުރުމަކީ ބައްޕައިންގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ. 

ތިމާގެ އަންހެންދަރިފުޅުގެ ފިރިމީހާ، ދެވަނަ އަންތބެއްގެ ގޮތުގައި ތަޤްވާވެރިކަން ނެތް އަންހެނަކާއި ކައިވެނިކުރާނަމަ، އެކަމުގެ ސަބަބުން ތިމާގެ އަންހެން ދަރިފުޅުގެ ތަޤްވާވެރިކަމަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އޮތްނަމަ އަންހެން ދަރިފުޅުގެ ފިރިމީހާއަށް ވިސްނައިދީ ނަޞޭޙަތް ދިނުމުގެ ޙައްޤު ބައްޕައަށް ލިބިގެންވެއެވެ. 

އެހެނީ ކިތަންމެ ބޮޑުވެފައި ހުރިނަމަވެސް ދަރިންނަކީ އިސްލާމް ދީނުގައި ޘާބިތުވެ ތިބޭ ބައަކަށް ހަދަން މަސައްކަތްކުރުމަކީ ބައްޕައިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ ދުވަހަކުވެސް ބައްޕައިންގެ ކިބައިން ކެނޑިގެންދާނެ މަސްއޫލިއްޔަތެއް ނޫނެވެ. 

ހަމައެފަދައިން ކައިވެނިކުރެވޭ ފިރިހެނާއަކީ ތަޤްވާވެރިއަކުކަން ކަށަވަރުކުރަން އަންހެނުންނަށް ޖެހޭ ސަބަބަކީވެސް ލިބޭ ދަރިންގެ ބައްޕައަކީ ތަޤްވާވެރިކަމެއް ނެތް މީހަކު ނަމަ އެކަމުގެ އަސަރު ދަރިންނަށް، ދަރިންގެ ތަރުބިއްޔަތަށް ކުރާނެތީއެވެ. 

ޚުލާޞާކޮށްލާފައި ބުނަންއޮތީ އުފާވެރި ޙަޔާތަކަށް އެދިގެން ކައިވެނިކުރާނަމަ ދެމީހުންވެސް ތަޤްވާވެރިކަމަށް އިސްކަންދިނުން މުހިންމުވެގެންވަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. ޒަވާޖީ ޙަޔާތެއްގެ އެންމެ ބޮޑު އެއް ޒިންމާއަކީ ލިބޭ ދަރިންނަކީ ހެޔޮލަފާ މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތުކޮށް އެދަރިންނަކީ ދީނަށް ލޯބިކޮށް ޢަމަލުކުރާ ބައަކު ކަމުގައި ހެދުމެވެ. ވީމާ އެންމެ މުހިންމު ކަމަކީ ކައިވެނިކުރުމުގެ ކުރިން މިކަންކަމަށް ވިސްނައި ރައްކައުތެރިވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން