ބަލިވުމުން ޝިފާ ދެއްވެވުން އެދި ދުޢާކުރަން އެންމެ ފައިދާ ބޮޑު މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ބަލިވުމުން ޝިފާ ދެއްވެވުން އެދި ދުޢާކުރަން އެންމެ ފައިދާ ބޮޑު މަގު-

ތިބާގެ އަވަށްޓެރިއަކު ނުވަތަ ތިބާ ދަންނަ މީހަކު ދަތިޙާލުގައި އުޅޭނަމަ އޭނާއަށްޓަކައި ގިނަގިނައިން ހެޔޮދުޢާކުރާށެވެ. އަދި ވީވަރަކުން ހުރިހާ މުސްލިމުންނަށް ހެޔޮ ގޮތް މިންވަރު ކުރެއްވެވުން އެދި ދުޢާކުރާށެވެ! އަދި ބަލި ޙާލުގައި ތިބި އެންމެންނަށް އަވަސް ޝިފާއަކަށް އެދިގެންވެސް ދުޢާކުރާށެވެ! 

އަދިވެސް ބުނެފާނަމެވެ. ތިބާއަށް ބަލިމަޑުކަމެއް ޖެހުނީއެވެ. ޝިފާއަށް އެދި ދުޢާކުރާއިރު ދުނިޔޭގެ ކަންކޮޅުތަކުގައި ބަލިޙާލުގައި ތިބި އެންމެންނަށްވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރާށެވެ! 

އެއިރުން މަލާއިކަތުން ތިބާއަށްޓަކައި ދުޢާކުރައްވަވާނެތެވެ. މިބުނަނީ މަލާއިކަތުން ތިބާގެ ބަލި ފަސޭހަކުރައްވަވައި ދެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވާނެތެވެ. 

ދެން ނިކަން ބުނެބަލާށެވެ! ފައިދާ ބޮޑުވާނީ ތިބާއަށްޓަކައި ތިބާކުރާ ދުޢާގެ ހެއްޔެވެ؟ ނޫނީ މަލާއިކަތުން ތިބާއަށްޓަކައި ކުރައްވަވާ ދުޢާގެ ހެއްޔެވެ؟  

އަދިވެސް ވިސްނައިލާށެވެ! އެހެން މީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީވެސް މަތިވެރި އަޅުކަމެކެވެ. ވީމާ ތިބާ އެހެން މީހުންނަށްވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރުމުން ފުރަތަމަ ކަމަކަށް ތިބާއަށްޓަކައި މަލާއިކަތުން އެބަ ދުޢާކޮށްދެއްވަވަތެވެ. ދެވަނަ ކަމަކަށް ތިބާއަށް ﷲ ތަޢާލާ ޘަވާބު ދެއްވަވަތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން